އުފާވެރި ކައިވެންޏެއް ދެމެހެއްޓުމަށް އިތުބާރު ކުރަން ޖެހެއެވެ.

Loading

Facebook
Twitter
WhatsApp

އުފާވެރި ކައިވެންޏެއްގެ ތެރޭގައި ހަޔާތް ވެއަތު ކުރަމުންދިޔަ ޒުވާން ދެމަފިރިން އުޅުނެވެ. ދެމީހުންގެ ދެމެދު ހުރިހާކަމެއް އޮމާންކޮށް ކުރިޔަށް ދިޔަނަމަވެސް ރަގަޅު ކޮށްލަންޖެހޭ ކަމެއް ފިރިމީހާގެ އޮވެއެވެ.އެއީ އޮފީސް ގަޑި ނިމުމަށްފަހު ރައްޓެހިންނާއެކީ ބޭރަށް ގޮސްފަ ގެޔަށް އާދެވޭލެއް ލަސް ވުމެވެ. މިކަމާ އަންހެން މީހާ ވާހަކަ ދައްކާ ދައްކާވެސް އެކަން ރަނގަޅުވާ ގޮތެއް ނުވިއެވެ.


މިގޮތަށް ދިމާވި އެއްރެޔެކެވެ. އަންހެން މީހާ ހިތަށް އެރިއެވެ. މިރޭ ލަނޑެއް ދޭނަމެވެ.މިހެން ހިތާ ފިރިމީހާއަށް ކުރު ނޯޓެއް ލިޔުނެވެ.އޭގައިވަނީ، ”އަހަރެންނަށް ދެން ކެތެއް ނުކުރެވޭނެއެވެ.އަހަރެން މިދަނީއެވެ. އަހަރެން ހޯދަން މަސައްކަތް ނުކުރައްޗެވެ.“ މި ނޯޓު ލިޔެ މޭޒުމަތީ ބޭއްވުމަށްފަހު އެނދު ތަންދޮށަށް ވަދެ ފިލާ އޮވެއްޖެއެވެ.
މިހެން އޮއްވާ ފިރިމީހާ ގެޔަށް އައި އަޑު އިވިއްޖެއެވެ. ނިދާ ކޮޓަރިޔަށް އައީ ފުރަތަމަ ބަދިގެޔަށް ގޮސް އުޅެލުމަށްފަހު އެވެ.ކޮޓަރިޔަށް ވަދެ އެނދު ކައިރީ ހުއްޓުނުތަނާ އޭނާއަށް ނޯޓު ފެނުނެވެ. ނޯޓު އަތަށް ނަގާ ކިޔާލުމަށްފަހު ނޯޓުގެ ތިރީގައި އެއްޗެއް ލިޔެލިއެވެ. އެއަށްފަހު ކޮންމެވެސް މީހަކާ ފޯނުން ގުޅާލިއެވެ. އަދި ބުންޏެވެ.“ހަނީއެވެ.އަންހެނުން އެންމެ ފަހުން ގެއިން ހިނގައްޖެއެވެ. އަހަރެން މިއަންނަނީ އެވެ.އެއްކަލަ އަހަރެން ގަނެދިން ރީތި ނިދާ ހެދުން ލައިގެން ތައްޔާރުވެލައިގެން ހުންނާށެވެ.ވަރަށް ލޯބިވެއެވެ.ވަރަށް އަވަހަށް އެބަދަމެވެ.“ މިހެން ބުނެ ފޯނު ބޭއްވުމަށްފަހު ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ.
އަންހެންމީހާ އަށް ލިބުނު ހިތާމައިގެ ކޮޅެއްވެސް ނެތެވެ. މަޑުމަޑުން އެނދު ދަށުން ނިކުމެ ތުރުތުރު އަޅައަޅާ އަތަކުން ނޯޓު ނަގާ ބަލާލިއެވެ.ފިރިމީހާ ލިޔެލީ ކީކޭތޯ ބަލާލުމަށެވެ. އޭގައި ފިރިމީހާ ލިޔެފައިވަނީ ”މަގޭ މޮޔަގަނޑާއެވެ. އެނދު ދަށުން އަހަރެންނަށް ތީނަގެ ދެފައި އެބަފެނެއެވެ.ގޭގައި ޕާން ނެތީމަ ޕާނެއްގަނެގެން 5 މިނިޓް ތެރޭ އެބައަންނަމެވެ.“
ނޯޓު ކިޔާލުމަށްފަހު އަންހެންމީހާ ފުން މާނޭވާއެއްލިއެވެ.ކަންތައް މިދިޔައީ ހީކުރި ގޮތަށް ނޫންކަން އެނގުމުން ވަރަށް އުފާވިއެވެ.
ކައިވެންޏެއް ކިތަންމެ އުފާވެރި ނަމަވެސް މިކަން ދެމެހެއްޓުމަށްޓަކާ ދެފަރާތުންވެސް ކަންތައްތަކެއް ކުރަން ޖެހެއެވެ. މިގޮތުން އެކަކު އަނެކަކަށް އިތުބާރުކޮށް އަދި އިތުބާރު ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެ އިތުރުން މަޖާކޮށްލުން ނުވަތަ ”ފަން“ ހިމެނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެން ނޫންނަމަ ކުރެވޭ ޝައްކެއްގެ ކަންތައް ގޯހުން ގޯހަށް ގޮސް ޒުވާބުތައް ގިނަވެ އެންމެފަހުން ކައިވެނި ރޫޅޭތަން އާދެއެވެ. ”ކޮމިޔުނިކޭޝަން“ އަކީ ވަރަށް މުހިންމު ކަމެކެވެ.މިސާލަކަށް ފިރިމީހާ ގެޔަށް އައުން ލަސްވާނަމަ ލަސްވާ ސަބަބާ އަދި އުޅޭ ތަނެއް ހާމަކަމާއެކު ބުނަން ޖެހޭނެއެވެ.އަދި އޭގެ ބަދަލުގައި އަންހެނުންނާއެކީ ވަގުތު ހޭދަކުރުން އިތުރު ކުރަން ޖެހޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް