ދިވެހި ޔޫތު ލީގުގެ ނިމުން ފާހަގަކޮށް، މުބާރާތުގެ ވަނަތަކަށް އެވޯޑުދީފި!

Loading

Facebook
Twitter
WhatsApp

މިދިޔަ 2024 ވަނަ އަހަރު ފެށި ”ދިވެހި ޔޫތު ލީގު“ގެ ނިމުން ފާހަގަކޮށް، އެ މުބާރާތުގެ އެކިއެކި ވަނަތަކަށް އެވޯޑުދީފިއެވެ.

ރޭ ބޭއްވި ދިވެހި ޔޫތު ލީގު މުބާރާތުގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ. އެގޮތުން އެ ރަސްމިއްޔާތަށް ވަޑައިގަތުމުން ޤައުމީ ފުޓުބޯޅަ ދަނޑުން ނައިބު ރައީސްއަށް މަރުހަބާ ދެންނެވީ މޯލްޑިވްސް ސޮކަރ މޭޓްސްގެ ރައީސް ޙަސަން މަނިކެވެ.

މޯލްޑިވްސް ސޮކަރ މޭޓްސްއިން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވެސް (އެފް.އޭ.އެމް.) އާއި ގުޅިގެން ކުރިޔަށްގެންދިޔަ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި، ދިވެހި ޔޫތު ލީގުގެ އުސްއަލިތައް ހިމެނޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ.

މި ރަސްމިއްޔާތުގައި، 2024 ވަނަ އަހަރު ފެށި ދިވެހި ޔޫތު ލީގުގެ ނިމުން ފާހަގަކޮށް، މި މުބާރާތުގެ އެކިއެކި ވަނަތަކަށް އިނާމު ދެއްވާފައިވެއެވެ. މީގެ ތެރޭގައި އެކިއެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމުތަކަށާއި މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމަށް މެޑަލްއާއި ތަށި ޙަވާލުކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި، އެ މުބާރާތުގެ 12 އަހަރުން ދަށުގެ ޗެމްޕިއަން ޓީމް، ސުޕަރ ޔުނައިޓެޑް ސްޕޯޓްސް، 14 އަހަރުން ދަށުގެ ޗެމްޕިއަން ޓީމް، ޓީ.ސީ. ސޮޕޯޓްސް ކްލަބް، އަދި 16 އަހަރުން ދަށުގެ ޗެމްޕިއަން ޓީމް، ކްލަބް ވެލެންސިއާއަށް ތަށްޓާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް