ވެރިރަށް މާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާކަމަށް މާލެ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ކުންފުނި ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯ އިން ދެންމެ ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
އަދި “މައްސަލަ ދެނެގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން“ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ހަމައެހެންމެ ޚިދުމަތް މެދުކެނޑިފައިވާތީ ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.