ވަޒީފާއިން ކެނޑެން ބޭނުން ސަރުކާރު މުވައްޒަފުންނަށް 8 މަސް ދުވަހުގެ މުސާރަދޭން ޓްރަމްޕް ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

އެމެރިކާގައި،ވަޒީފާ އިން ކެނޑެން ބޭނުން ސަރުކާރު މުވައްޒަފުންނަށް 8 މަސް ދުވަހުގެ މުސާރައާއި އެކު ވަކިކޮށްދޭނެ ޕެކެޖެއް،އެމުވައްޒަފުންނަށް ޓްރަމްޕް ހުށަހަޅުއްވައިފިއެވެ. މިއީ ސަރުކާރުގެ ސައިޒް ކުޑަ ކުރުމަށް ހިންގާ ޕްރޮގްރާމް އެއްގެ ދަށުން ކުރާކަމެކެވެ.

އެތައް މިލިއަން މުވައްޒަފުންނަށް ފޮނުވި އީމެއިލް އެއްގައި ޓްރަމްޕް ގެ ސަރުކާރުން ވަނީ މި ރެސިގްނޭޝަން ޕްރޮގްރާމްގައި ބައިވެރިވާން ބޭނުން ފަރާތްތަކުން ފެބްރުއަރީ 6ވަނަ ދުވަހުގެ ކުރިން އެކަން އެންގުމަށް ބުނެފައެވެ.އެތާރީޚުން ފެށިގެން ވަޒީފާ ދޫކޮށްދާން އެއްބަސްވާ ފަރާތްތަކަށް 8 މަސްދުވަހުގެ މުސާރަ ދެވޭނެ ކަމަށް އީމެއިލްގައި ބުނެފައި ވެއެވެ.
ޓްރަމްޕްގެ ސަރުކާރުން އަންދާޒާ ކޮށްފައިވާ ގޮތުގައި ދެމިލިއަނެއްހާ ސަރުކާރު މުވައްޒަފުން ތިބި އިރު،އޭގެ ދިހަ އިންސައްތަ ނުވަތަ ދެލައްކައެއްހާ މުވައްޒަފުން މިޕެކޭޖް ނަގާނެއެވެ.
ސަރުކާރުގެ އިސް އޮފިޝަލުން ބުނެފައިވާ ގޮތުގައި މިފިޔަވަޅުގެ ސަބަބުން ސަރުކާރަށް 100ބިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެއެވެ. ހުށަހެޅުނު ޕެކޭޖްގެ ދަށުން ސެޕްޓެމްބަރުމަހާ ހަމަޔަށް ލިބޭނެ މުސާރަޔާއި އެހެނިހެން އެލަވަންސް އަށްވާ ފައިސާ ދެވޭނެއެވެ.
މި ޕެކޭޖް ލިބިފައިނުވާ ބައެއް ކެޓަގަރީގެ މުވައްޒަފުންވެސް އެބަތިއްބެވެ. އޭގެ ތެރޭގައި ޕޯސްޓަލް ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި ،ސިފައިން އަދި އިމިގްރޭޝަން އޮފިޝަލުންގެ ގެ އިތުރުން ނެޝަނަލް ސެކިއުރިޓީގައި މަސައްކަތްކުރާ ފަރާތްތައް ހިމެނެއެވެ.
ވަޒީފާއިން ވަކިނުވެ ތިބުން އިޚްތިޔާރު ކުރި ފަރާތްތަކުގެ ވަޒީފާއަށް ލޮޅުން އަރާފާނެ ފަދަ ބަދަލުތައް އަދިވެސް ކުރިޔަށް އޮތްތާގައި ގެންނާނެ ކަމަށްވެސް،ސަރުކާރުގެ ހިއުމަން ރިސޯސަސް އާއި ބެހޭ ކަންތައް ބަލަހައްޓާ އޮފީހުން މުވައްޒަފުންނަށް ފޮނުވާފައިވާ އީމެއިލްގައި ބުނެފައިވާ ކަމަށް ވެއެވެ. އެފަދަ ހާލަތް ތަކުގައި ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންވެސް ވަކި ކުރެވޭނީ ޝަރަފްވެރިކަމާއެކުގައިކަމަށް ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް