ހއ. ހޯރަފުށީގައި ތަަރައްޤީކުރި ޖުވެނައިލް ހާފްވޭ ހައުސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.
އެ އިމާރާތް ހުޅުއްވާދެއްވާފައި ވަނީ ރައީސް މުއިއްޒު ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޯރަފުއްޓަށް ވަޑައިގެންފައެވެ.
ސަރުކާރުން ހާމަކުރާގޮތުގައި މި ހާފްވޭ ހައުސްއަކީ ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން އަނބުރާ މުޖުތަމައުއަށް ގެނައުމަށްޓަކައި ފަރުވާގެ ނިޒާމާއެކު ޤާއިމުކުރެވިފައިވާ ތަނެކެވެ. އެހެންކަމުން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން ރިހިބިލިޓޭޓުކޮށް،ތައުލީމީ ގޮތުންނާއި ދީނީ ގޮތުން ޕްރޮގްރާމްތައް ހިންގާ ހުނަރު ދަސްކޮށްދޭ ޕްރޮގުރާމުތައްވެސް ކުރިއަށް ގެންދާނެއެވެ. އަދި އެކުއްޖަކު ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިޔުމަށް ފުރުސަތު ފަހިކޮށްދޭނެއެވެ.