ބައިތުއްޒަކާތުގެ ނަމުގައި ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ

Loading

January 30, 2025
sandhaanu news
Facebook
Twitter
WhatsApp

ބައިތުއްޒަކާތުގެ ނަމުގައި ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަން ނިންމައިފިއެވެ.

މިކަންހާމަކުރައްވާ އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ބިލްޑިނގ (ބައިތުއްޒަކާތު) ނަމުގައި އިމާރާތެއް ހުޅުމާލެގައި ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އުންމީދަކީ މި އަހަރު އެ އިމާރާތުގެ މަސައްކަތް ފެށުން ކަމަށެވެ.

މި އިމާރާތް ވެގެންދާނީ ޒަކާތުގެ އިދާރާގެ އިތުރުން އޮފީސް ބައިތަކަށް ކުއްޔަށްދެވޭ ޒަކާތު ފަންޑުގެ 10 ބުރީގެ ފުރަތަމަ އިންވެސްޓްމަންޓަށް ކަމަށާއި މި އިމާރާތުގެ އޮފީސް ބައިތަކުން ލިބޭ ނަފާ ބެހިގެން ދާނީ ޒަކާތުގެ ޙައްޤުވެރިންނަށް ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

ޒަކާތު ހައުސްގެ ނަމުގައި 10 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ޒަކާތުގެ އެންމެ ހައްގުވެރިންނަށް ހައްގު ގޮތުގައި ޒަކާތުގެ ނަފާ ލިބިދެވޭނެ މަގު ހަމަޖެއްސުމަށްޓަކައި ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް ވެސް މި ސަރުކާރުން ވަނީ އުފައްދާފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް