މުރައިދޫގެ ތަރައްޤީއަށް ކުރިއަށްގެންދާ 3 މަޝްރޫޢުއެއް ފައްޓަވައިދެއްވައިފި

Loading

January 28, 2025
sandhaanu news
Facebook
Twitter
WhatsApp

މުރައިދޫގެ ތަރައްޤީއަށް ކުރިއަށްގެންދާ 3 މަޝްރޫޢުއެއް ފައްޓަވައިދެއްވައިފިއެވެ.

މި މަޝްރޫޢުތައް ފައްޓަވާދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ހއ.އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުުރުފުޅުގައި މިކަމަށްޓަކައި މިއަދު މުރައިދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވާ ރައީސް ވަނީ ވަރަށް ސާފުކޮށް ސަރުކާރުން ކުރާނެ ކަންކަން ތަރުތީބުކުރެވިގެންދާނެ ގޮތް އަބަދުވެސް ހާމަކުރައްވަމުންގެންދަވާ ކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ ކުރިން ވަނީ މުރައިދޫގައި އަލަށް އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތާއި އައު ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން ރައީސް ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ ރަސްމިއްޔާތުގައި، ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ، މުރައިދޫގައި އޭ.ޓީ.އެމް ބެހެއްޓުމުގެ މަސައްކަތް، ރަސްމީ ގޮތުން މުރައިދޫ ކައުންސިލާ ވަނީ ހަވާލުކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް