ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިބްރާހިމް ފައިސަލް ވަކިކޮށްފިއެވެ. ފައިސަލްއަކީ މި ސަރުކާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުންނެވެ.
ރައީސް އޮފީހުން މިއަދު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިޞަލް، އެ މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ.
ހަމައެހެންމެ އެ މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ ހަވާލުކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ހާމަކުރައްވާފައި ވެއެވެ. މިކަން ހާމަކުރައްވާފައިވީ ނަމަވެސް ފައިސަލް އެ މަޤާމުން ވަކިކުރައްވާފައި ވަނީ ކޮން ސަބަބަކާ ގުޅިގެންކަމެއް ސާފުވެފައެއް ނުވެއެވެ.
2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ފައިސަލް އެ މަގާމަށް އައްޔަން ކުރެއްވުމުން އޭނާއަކީ އެފަދަ މަގާމެއް އަދާ ކުރެވޭ ވަރުގެ ތައުލީމާއި ތަޖުރިބާ ނެތް މީހެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
One Response
ސައީދު އަކީ ފާއިފުވި ފަސް އަހަރު ލ.ކުނަހަންދޫ ނިސްބަތްވާ ދާއިރާގެ މެންބަރ. ތިސޮރައް ނުވާނެ އެއްވެސް ކަމެއް 5 އަހަރުގެ ދައުރެއްގައި ދާއިރާގެ ނަން 3 ފަހަރައް ބުނެވުނީ ތިސޮރަށް.