ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗެއް ޖެހި ހިނގި އެންސިޑެންޓެއްގައި މީހަކު ނިޔާވި މައްސަލައިގައި ކައްޕިންނަށް ދައުވާކުރަނީ

Loading

January 27, 2025
sandhaanu news
Facebook
Twitter
WhatsApp

ދެހާސް ތޭވީސް ވަނަ އަހަރުގެ އޭޕްރީލް 29 ވަނަ ދުވަހުގެ 16:42 ހާއިރު “ސަސް އީ ސްޕީޑް” ލޯންޗާއި “އެމްޑަބްލިޔުއެސްސީ މެރިން 2”ލޯންޗު ޖެހި ހިނގި އެކްސިޑެންޓުގައި، އެތަނުން އެއް ލޯންޗުން ދަތުރުކުރި މީހަކަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވި މައްސަލަ ތަހުގީގުކޮށް ނިންމައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެ ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓްގައި ނިޔާވެފައިވަނީ 52 އަަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ އެ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެ ދުވަހުގެ 18:15 އެހާކަންހާއިރުއެވެ.

އެގޮތުން މައްސަލާގައި ދައުވާ ކުރުމަށް ފޮނުވާފައިވާ ދެ މީހުންނަކީ ކ. ކާށިދޫ / ހީނާވިލާ، ޔާނިސް ޙަމީދު (35އ) އާއި ހދ. ނޮޅިވަރަމް / ގްރީންހައުސް، މުޙައްމަދު ޖަމީލް (43އ) އެވެ. މި ދެ މީހުންނަކީ އެ ދުވަހު އެކްސިޑެންޓް ހިނގި ވަގުތު އެ ދެ ލޯންޗު ދުއްވަން ތިބި މީހުންނެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި އެ ދެ މީހުންގެ މައްޗަށް ޖިނާއީ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންމެ ފުރަތަމަ މައްސަލަ ފޮނުވާފައި ވަނީ 2023 ޖޫން 4 ގައެވެ. ނަމަވެސް މައްސަލަ އިސްލާހު ކުރުމަށް އަނބުރާ ފޮނުުވުމަށްފަހު ދެ ވަނަ ފަހަރަށް މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ 2025 ޖަނަވަރީ 15 ވަނަ ދުވަހުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް