ސައޫދީއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަނާ ބޭސްތަކެއް ހިފަހައްޓައިފި

Loading

Facebook
Twitter
WhatsApp

ކަނޑުމަގުން ސައޫދީއަރަބިއްޔާއަށް ވަގަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަނާބޭސްތަކެއް ފެނި،ހިފަހައްޓައިފިއެވެ.ސައޫދީ ޒަކާތު ޓެކްސް އެންޑް ކަސްޓަމްސް އޮތޯރިޓީ ”ޒަޓްކާ“ އިން ބުނެބުނެފައިވަނީ ޖިއްދާ އިސްލާމިކް ޕޯޓުން ސްމަގްލް ކުރަން އުޅުނު ގާތްގަޑަކަށް 1.5 މިލިއަން ކެޕްޓަގަން ކިޔާ މަނާބޭހުގެ ގުޅަ، ވަނީ އަތުލައިގަނެވިފައެވެ. ”ޒަޓްކާ“ އިން ބުނެފައިވާ ގޮތުގައި ބޭސްތައް ރައްކާކޮށްފައިހުރީ ލޯންޑްރީ މެޝިންތަކެއްގެ ބައިތަކެއްގެ ތެރޭގައެވެ.އަދި ބޭސްތައް ފެނިފައިވަނީ އެޑްވާންސް ކަސްޓަމް އިންސްޕެކްޝަޝް ޓެކްނީކް ބޭނުންކޮށްގެން ކުރިޔަށް ގެންދެވުނު ހޯދުނަތަކެއްގައި ކަމަށްވެސް ބުނެފައިއެވެ.


ބޭސްތައް ހިފެހެއްޓުމާއިއެކު ނާކޮޓިކްސް ކޮންޓްރޯލް އިދާރާތަކާއެކު ގުޅިގެން ކުރެވުނު މަސައްކަތުގައި ވަނީ ބޭސްތައް ލިބިގަތުމަށް ދާންއޮތް ފަރާތްތައް ހޯދާ ހައްޔަރު ކުރެވިފައެވެ.އަދި ދެންވެސް މިފަދަ ޣައިރު ޤާނޫނީ އަމަލުތައް ހިންގާކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ އެންގުމަށް ޒަޓްކާއިން އާންމުންގެ ކިބައިން އެދިފައި ވެއެވެ.އަދި މިގޮތަށް މައުލޫމާތުދޭ ފަރާތްތަކުގެ މައުލޫމާތު ފުރިހަމަޔަށް ސިއްރު ކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
ކެޕްޓަގަން ބޭހުގެ ދެވަނަ ނަމަކީ ފެނަޓައިލީން އެވެ. ފެނަޓައިލީން އަކީ މިއަދު ހުރިހާ ގައުމުތަކެއްގައިހެން މަނާކުރެވިފައިވާ ބޭހެކެވެ.އެހެން ނަމަވެސް 2023 ވަނަ އަހަރު އެކަނިވެސް 57 ބިލިއަން ޑޮލަރުގެ ކެޕްޓަގަން ބޭހުގެ ސިއްރު މާކެޓެއް އޮތް ކަމަށް ވެއެވެ.
ސީރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު ގެ ވެރިކަމުގައި،2011 ން 2024 އަށް މިބޭސް ސީރިޔާގައި ވަރަށް ގިނަ އަދަދަކަށް ސިއްރުން އުފައްދާ ސިއްރުން ވިއްކަމުން އައި ކަމަށް ވެއެވެ.މި މަނާބޭސް މުޅި ދުނިޔެއަށް ސަޕްލައިކުރާ އެއްޗެއްގެ 80 އިންސައްތަ އުފައްދަމުން އައީ ސީރިޔާގައި ކަމަށް ވެއެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރުމަހު އަސަދުގެ ވެރިކަން ވައްޓާލުމުގައި ހަރަކާތްތެރިވި މީހުންނަށްވެސް ވަނީ ވަގަށް އެކްސްޕޯޓް ކުރަން ތައްޔާރު ކޮށްފައިހުރި ވަރަށް ގިނަ އަދަދެއްގެ ކެޕްޓަގަން ބޭސް ތަކެއް ފެނިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް