މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ސުވާލުކުރުމަށް މީހަކު ހާޒިރުކުރަން އޭނާ ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
ހޯދަން އިއުލާނުކޮށްފައި ވަނީ ޙުސައިން ނާއިސު މުޙައްމަދު، އިތާ / ލ. މާވަށް، (30އ) އެވެ.
ފުލުހުން މިއަދު ބުނީ ފުލުހުންގެ ޚިދުމަތުގެ ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވާތީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
މިގޮތުން ފުލުހުން ވަނީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން، 2025 ޖަނަވަރީ 25 ވަނަ ދުވަހުގެ 16:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ހާޒިރުވުމަށް އޭނާއަށް އަންގާފައެވެ.