މިސްކިތެއްގެ ޙުރުމަތް ކެނޑިކަމަށްބުނާ މައްސަލައެއް ފެންމަތިވެ މައްސަލަ ބަލަނީ

Loading

Facebook
Twitter
WhatsApp

މިސްކިތެއްގެ ޙުރުމަތް ކެނޑިކަމަށްބުނެ ދައުރުވަމުންދާ މައްސަލައެއް ފެންމަތިވެ މައްސަލަ ބަލަމުންދާކަމަށް އިިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.



ޝަހީމް މިހެން ވިދާޅުވެފައި ވަނީ ތ. ވިލުފުށީގެ މިސްތެއްގެ ތެރޭގައި ދެ ޖިންސުގެ މީހުން ބައިވެރިވެގެން އެކި ކަހަލަ ގޭމްތައް ކުޅޭ މަންޒަރު ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާތީ އެކަމާއި ގުޅިގެންނެވެ.
ޝަހީމް ވިދާޅުވީ މި މައްސަލަ އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި މިއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ ބެލުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން މިސްކިތްތަކުގެ ޙުރުމަތް ކަނޑާ ފަރާތްތަކަށް، ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނާއި ޤަވާޢިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް ވަޒީރު ޝަހީމް ވިދާޅުވެފައިވެއެވެ.

ބައެއް ނޫސްތަކުގައި ވިލުފުށީ ކައުންސިލާ ހަވާލާދީ ބުނެފައިވާ ގޮތުގައި އެއީ މިދިޔަ އަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ”ޓީމް ބިލްޑް“ އިވެންޓެއް ކަމަށާއި އެ ހަރަކާތް ބާއްވާފައި ވަނީ މިސްކިތާއެކު ހަދާފައިވާ ޖަލްސާކުރާ ބައިގައި ކަމަށާއި އެއީ މިސްކިތުގެ ނަމާދު ކުރާ ބައި ނޫން ކަމަށެވެ.


Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް