އިސްރާއީލުން ފަލަޞްޠީނަށް ދިން ހަމަލާތަކުގައި ލިބުނު ގެއްލުމުގެ ބަދަލުދޭން ޖެހޭ:ރައީސް މުޢިއްޒު

Loading

January 16, 2025
sandhaanu news
Facebook
Twitter
WhatsApp

 އިސްރާއީލުން ފަލަޞްޠީނަށް ދިން ހަމަލާތަކުގައި އެ ޤައުމުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލުދޭން ޖެހޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރމުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ  ޣައްޒާއަށްދޭ ހަމަލާތައް ހުއްޓާލަން ނިންމުމާއި ގުޅިގެން، އެ މަނިކުފާނުގެ ޝުޢޫރުފާޅުކުރައްވައި ”އެކްސް“ މެދުވެރި ކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ހަމަލާތައް ހުއްޓާލުމަކީ ހިތްޕުޅަށް ލިބިވަޑައިގަތް ހަމަޖެހުމެއް ކަމަށާއި ހަމަލާތައް ހުއްޓާލުމަށް ނިންމި ނިންމުން ދެމެހެއްޓުމަށް ރައީސް މުޢިއްޒު ވަނީ ގޮވާލައްވާފައެވެ. ގެދޮރު ގެއްލިފައިވާ މީހުންނަށް އެމީހުންގެ ވަޒަނަށް އަނބުރާ ދެވޭނެ ފުރުޞަތު ފަހިކޮށްދިނުމަށާއި، އިންސާނީ އެހީ އަށް ފުރުޞަތު ދިނުމަށް، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކިބައިން އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ވަނީ، އިސްރާއީލުން ފަލަޞްޠީނަށް ދިން ހަމަލާތަކުގައި އެ ޤައުމުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލުދޭން ޖެހޭނޭ ކަމަށް ވިދާޅުވެފައެވެ. އަދި އިސްރާއީލުން ދިން ހަމަލާތަކުގައި ސުންނާފަތިވެފައިވާ ޢިމާރާތްތަކާއި ބިނާރު، އަލުން އާރާސްތު ކުރުމަށް ބޭނުންވާ އަވަސް އެހީ ފަލަޞްޠީނަށް ފޯރުކޮށްދިނުމަށް ވެސް ގޮވާލައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް