ސެނަހިޔާ ހޮސްޕިޓަލު ކައިރިން ޒަހަމްތަކަކާއެކު ވެއްޓިފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިއަދު ހެނދުނު ސެނަހިޔާ ހޮސްޕިޓަލް ކައިރިން ޒަހަމްތަކަކާއެކު މީހަކުވެއްޓިފައި އޮއްވާ ފެނިގެން އެ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެއީ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެ މައްސަލައިގެ ރިޕޯޓް ލިބިގެން އެ ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނައިރު އެ މީހާއަށް އިތުރު ފަރުވާދިނުމަށް ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
![]()
