ކަޝްމީރުގެ އިންޑިޔާ ކޮންޓްރޯލްކުރާ ފަޅިއާއި ނުލާ އިންޑިޔާ ފުރިހަމައެއް ނުވޭ:ރާޖްނާތު

Loading

Facebook
Twitter
WhatsApp

ކަޝްމީރުގެ ޕާކިސްތާނުން ކޮންޓްރޯލް ކުރާ ފަޅި (ޕީއޯކޭ)އާއި ނުލާ،ގައުމެއްގެ ގޮތުގައި އިންޑިޔާ ފުރިހަމަ ނުވާކަމުގައި އިންޑިޔާގެ ޔޫނިއަން ޑިފެންސް މިނިސްޓަރ ރާޖްނާތު ސިންގ އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.އަދި އެސަރަހައްދު ޕާކިސްތާނަށްވާނީ ”ފޮރިން“ ސަރަހައްދަކަށް ކަމުގައި ސިންގ ވިދާޅުވިއެވެ. މީގެ އިތުރުން ޕާކިސްތާނުން ކަޝްމީރުގައި ޓެރަރިސްޓް ޓްރެއިނިންގ ކޭމްޕް ތައް ހިންގާކަން ފާހަގަ ކުރައްވަމުން، މިކަމަކީ އިންޑިޔާއިން ރައްދު ފިޔަވަޅު އަޅާނެ ކަމެއްކަމަށް ވިދާޅުވެ ”ވޯނިންގ“ ދެއްވިއެވެ.


ރާޖްނާތު ސިންގ މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ އަންގާރަ ދުވަހު،ޖަންމޫ އެންޑް ކަޝްމީރުގެ އަޚްނޫރު ސިޓީގައި ފާހަގަ ކުރެވުނު 9ވަނަ ”އާމްޑް ފޯސަސް ވެޓަރަންސް ޑޭ“ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާޖްނާތު ސިންގ އިތުރަށް ވަނީ 1965 ވަނަ އަހަރު އިންޑިޔާއާއި ޕާކިސްތާން ކުރި ހަނގުރާމައިގައި އިންޑިޔާއަށް ހޯދުނު ”ވިކްޓްރީ“،އޭރުގެ ބޮޑުވަޒީރު ލާލް ބަހާދުރު ޝާސްތުރީގެ ގެ ސަރުކާރުން އިންޑިޔާއަށް ”ސްޓްރެޓީޖިކް އެޑްވާންޓޭޖް“ އަކަށް ބަދަލު ނުކޮށް އޮތުމުން އެކަމަށް ފާޑު ވިދާޅުވެފައެވެ.އޭރު އެގޮތަށް ކަންތައް ކުރިނަމަ ”ކްރޮސްބޯޑަރ ޓެރަރިޒަމް“ ހުއްޓުނީސް ކަމަށް ރާޖްނާތު ވިދާޅުވެފައި ވެއެވެ.
އިންޑިޔާއަށް އެތެރެވާ ޓެރަރިސްޓުންގެ 80 އިންސައްތަ އަކީ ޕާކިސްތާން އަށް ނިސްބަތްވާ ފަރާތްތައް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
1965 ގެ ހަނގުރާމަ ކުރިޔަށް ދިޔައީވެސް އަޚްނޫރުގައި ކަން ފާހަގަ ކުރައްވަމުން ރާޖްނާތު ވިދާޅުވީ އެދުވަހު އިންޑިޔާ އަށް ޕާކިސްތާންގެ އާމީ ބަލި ކުރެވިފައި ވީނަމަވެސް އެދުވަހުން ފެށިގެންވެސް ޕާކިސްތާނުން ގެންދަނީ ގާނޫނާއި ޚިލާފަށް ”ޕީއޯކޭ“ އަށް ވަންނަމުން ކަމަށާ އެސަރަހައްދުގައި ޓެރަރިޒަމް ހިންގުމަށް ޕާކިސްތާނުން ހިއްވަރު ދެމުން ދާކަމަށް ވިދާޅުވިއެވެ. އަދި މިފަދައިން ހިންގާ ޓެރަރިޒަމް ހަމަލާތަކާ ކުރިމަތިލާ މަރުވެފައިވާ މުސްލިމް އަޚުންތައުރީފް ކުރެއްވިއެވެ.
ނިއުޑެލްހީ އާއި ޖަންމޫ ކަޝްމީރު އާއި ދެމެދުގައިވާ ދުރުކަން ގާތްކުރުމަކީ ބޮޑުވަޒީރު ނަރެންދުރަމޯދީގެ ސެންޓްރަލް ސަރުކާރުން ވަރަށް އިސްކަމެއް ދޭ ކަމެއް ކަމުގައި ރާޖްނާތު ސިންގ ވިދާޅުވިއެވެ.ކަޝްމީރާއި ގައުމުގެ އެހެން ބައިތަކާއި ދެމެދުވެސް ދުރުކަމެއް ވާނަމަ އެ ދުރުކަން ގާތް ކުރުމަކީ މޯދީ ސަރުކާރުގެ އިސް ”ޕްރަޔޮރިޓީ“ އެއްކަމަށް ވިދާޅުވިއެވެ. މިކަމަށް ޖަންމޫ އެންޑް ކަޝްމީރުގެ ޗީފް މިނިސްޓަރ އުމަރު އަބްދުﷲ އިސްވެ ހުންނަވާ ގެންދަވަނީ މަސައްކަތް ތަކެއް ކުރައްވަމުން ކަމަށް ވިދާޅުވިއެވެ.ވެޓަރަންސް ޑޭ ގެ އިހްތިފާލްތައް އަޚްނޫރުގައި ބޭއްވުމުން ދައްކާދެނީ އިންޑިޔާގެ ރައްޔިތުންގެ ހިތް ތަކުގައި ޑެލްހީ އަށް ދެވޭ މަގާމް، އަކްނޫރަށް ވެސް ދޭކަން ކަމުގައި ރާޖްނާތު ސިންގ ވިދާޅުވިއެވެ.
މައުލޫމާތު: ވިއޯން

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް