އެންމެ ކުޑައިރުން ފެށިގެންވެސް އަހަރެން ގަންނަ ޒާތެއްގެ ބިރެއް ވެއެވެ.އެއީ އަހަރެންގެ އެނދުގެ ދަށުގައި މީހަކު ވަދެއޮންނަހެން ހީވާތީ ގަންނަ ބިރެކެވެ.މިކަމާ އަހަރެން ގެ މައިންބަފައިންނާއި އަދި އާއިލާގެ އެހެން މީހުންވެސް ވާހަކަ ދެއްކުމުންވެސް އެބިރު ފިލާދާގޮތެއް ނުވިއެވެ.
އުމުރުގެ ދުވަސްތައް ގުނެމުން ގޮސް އަހަރެން ބޮޑުވެ މީހަކާ އިންނަ ވަރު ވީއިރުވެސް އެބިރު އޮވެއެވެ.އެއްރޭވެސް ހަމަޖެހިގެން ނިދާލެވޭ ގޮތެއް ނުވެއެވެ.އެކި ޑަކްޓަރުންނަށް ދައްކާ ބޭސް ކޮށް ހެދުމުންވެސް ރަގަޅެއް ނުވިއެވެ.މިބިރުގެ ކަންތައް މާބޮޑުވެގެންގޮސް އެންމެ ފަހުން މިކަމުން ސަލާމަތް ވުމަށްޓަކާ އަހަރެން ސައިކިއޭޓްރިސްޓަކަށް ދައްކަން ނިންމީމެވެ.
ނަފްސާނީ ޑޮކްޓަރު ކައިރިޔަށް ފުރަތަމަ ދިޔަދުވަހު އަހަރެންނަށް ވާގޮތް ކިޔާ ދިނުމަށްފަހު ބުނީމެވެ.މިކަމަކާހުރެ އަހަރެން މިހާރު މޮޔަވާން އުޅޭހެންވެސް ހީވާން ފަށައިފިއެވެ.
ސައިކިއޭޓްރިސްޓް އަހަރެންގެ ވާހަކަތައް އަޑުއަހަން އިނުމަށްފަހު ބޯޖަހާލިއެވެ.އަދި ބުންޏެވެ.“ތިޔައީ އާންމުކޮން ވަރަށް ގިނަ މީހުން ގަންނަ ބިރެކެވެ.އަހަރެން ކަލޭ ތިޔަކަމުން ސަލާމަތް ކޮށްދޭނަމެވެ.އެއްއަހަރުވަންދެން ހަފްތާޔަކު ތިން ދުވަހު އަހަރެން ކައިރިޔަށް އަންނާށެވެ. އޭރުން ތިޔަ ބިރު ފިލުވާދޭނަމެވެ.“
ސައިކިއޭޓްރިސްޓް މިހެން ބުނުމުން އަހަރެން ބުނީމެވެ.“ކޮންމެ ސެޝަނެއްގެ އަގުކިހާވަރެއް ހެއްޔެވެ؟“ މީގެ ޖަވާބުގައި އޭނާ ބުންޏެވެ.“ކޮންމެ ސެޝަނަކަށް 80 ޑޮލަރެވެ.“ އަގު ބުނުމުން އަހަރެން ބުނީމެވެ. ”ތިޔައީ ވަރަށް ބޮޑު އަގެކެވެ.ތިޔަކަމާ އަހަރެން ޖެހޭނީ ވިސްނާލާށެވެ.“
އޭގެ ހަމަސް ދުވަސް ފަހު ސައިކިއޭޓްރިސްޓަށް އަހަރެން މަގެއްގެ މަތިން ފެނުނެވެ. އަދި ބުންޏެވެ.“ކޮބާ ކަލޭގެ ބިރުގެ ކަންތައް މިހާރު ކިހިނެއް ހެއްޔެވެ.ފަހުން ނުވެސް އަންނަމެއް ނޫން ހެއްޔެވެ.“ އޭގެ ޖަވާބުގައި އަހަރެން ބުނީމެވެ. ”ޑަކްޓަރު ކީ އަގު ބޮޑުކަމުން ބޯ ހާސްވެގެން އަހަރެންނަށް ދެވުނީ ”ބާރ“ އަކަށެވެ.ގޮސް އެތަނުން ބައްދަލްވި މީހަކަށް މިވާހަކަ ކިޔާދިނުމުން އޭނަހިޔާލުދިނީ އަހަރެންގެ އެނދުގެ ފައިތައް ކީހާލުމަށެވެ.މިހާރު މިއުޅެނީ އެހެން ހަދައިގެންނެވެ. މިހާރު އެނދުދަށުގަ މީހަކު އޮންނަހެން ހިއެއް ނުވެއެވެ.އަހަރެން އަތުން މިކަމަށް ކުރަމުން އައި ހަރަދުތައް މިހާރު ހުއްޓުމުން އަތުގައި ފައިސާ ގިނަވެ މިހާރު އަހަރެން އައު ކާރެއްވެސް ގަނެފީމެވެ.“
ނޯޓް : މިއީ ބޭރު ގައުމެއްގައި ހިނގާފައިވާ ކަމެކެވެ.