ޖިންސީ ގޯނާކުރާތީ އަމިއްލަ ދަރިން ބައްޕަ ގައިގައި ރޯކޮށް މަރާލައިފި

Loading

Facebook
Twitter
WhatsApp

ޕާކިސްތާންގެ ޕަންޖާބް ސްޓޭޓްގައި އުމުރުން 18 އަހަރުން ދަށުގެ ދެއަންހެން ކުދިންނަށް،އެކުދިންގެ ބައްޕަ ޖިންސީ ގޯނާ ކުރާތީ ބައްޕަގަޔަށް ޕެޓްރޯލް އަޅާ ރޯކޮށްލައިފިއެވެ.އަދި މި ހާދިސާ އަށްފަހު އެމީހާ ވަނީ ހޮސްޕިޓަލުގައި މަރުވެފައެވެ.


ފުލުހުން ހާމަ ކޮށްފައިވާ ގޮތުގައި ޖެނުއަރީ 6ވަނަ ދުވަހު ހިނގި މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 48 އަހަރުގެ އަލީ އަކްބަރު ކިޔާ މީހެކެވެ.
އަލީ އަކްބަރަށް ތިން ކައިވެންޏަކަށް 10 ދަރިން ލިބިފައިވާ ކަމަށް ވެއެވެ.ފުރަތަމަ އަނބިމީހާ މަރުވެފައިވާއިރު ދެންތިބި ދެއަނބިންނާއި ހުރިހާކުދިންނާއެކު އަލީ އަކްބަރު ދިރިއުޅެމުންއަންނަނީ ކުލީ ގެއެއްގަ ކަމަށްވެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ޖެނުއަރީ 6ވަނަ ދުވަހުގެރޭ އަލީ އަކްބަރު ނިދާފައި އޮއްވާ އޭނާގެ،އުމުރުން 12 އަހަރު އަދި 15 އަހަރުގެ ދެއަންހެން ކުދިންވަނީ އޭނާގެ ގަޔަށް ޕެޓްރޯލްއަޅާ ރޯކޮށްލާފައެވެ.މިކަމުގެ ސަބަބުން އޭނާ ވަރަށް ބޮޑަށް ފިހިފައިވާ ކަމަށާ މަރުވީ ހޮސްޕިޓަލް އަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮން ކަމަށް ބުނެފައި ވެއެވެ.
މިކަން ކުރި ދެކުދިން ފުލުހުންގެ ކަސްޓަޑީ އަށް ގެންދިއުމުން،ބައްޕަ ކެނޑިނޭޅި އެކުދިންނަށް ޖިންސީގޯނާ ކުރަމުން ގެންދާތީ ބައްޕަމަރާލަން ނިންމީކަމަށް އެކުދިން ބުނެފައިވާކަމަށް ވެއެވެ.އަދި ޕެޓްރޯލް ނެގީ ބައްޕަގެ ސައިކަލުން ކަމަށްވެސް ކުދިން ބުނެފައިވެއެވެ.
މިމައްސަލައިގަ އަލީ އަކްބަރުގެ ދެއަނބިންގެ ބަޔާންވެސް ނަގާފަ މެނުވީ ”މާޑާ“ ކޭސްއެއް ކަމަށް ނުނިންމާނެކަމަށް ފުލުހުން ބުނެފައިވެއެވެ.
މައުލޫމާތު : ވިއޯން

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް