ޗައިނާއިން އަލަށް އުފައްދާ މެޝިންބަޑިން ހައިޕަރސޯނިކް މިސައިލަށް ހަމަލާ ދެވޭނެ

Loading

January 12, 2025
profile
Facebook
Twitter
WhatsApp

ޗައިނާއިން އަލަށް އުފައްދަމުން ގެންދާ ހައިޕަރސޯނިކް މިސައިލަށްވެސް ހަމަލާ ދިނުމުގެ ގާބިލުކަން ލިބިފައިވާނެ މެޝިންބަޑީގެ އަމާޒަކަށް ވެގެންދާ ކޮންމެ އެއްޗެއް ފުނޑުފުނޑު އަރުވާލާނެކަމަށް އިންޑިއާ ޑޮޓް ކޮމް އިން ހާމަކޮށްފިއެވެ. ޗައިނާއިން މި އުފައްދާ މެޝިންބަޑިން މިނިޓަކު 450000 ވަޒަން ގަޑިއަކު 9000 މޭލުގެ ބާރުމިނުގައި ބުރައިގެންދާނެކަންވެސް ވަނީ ހާމަކޮށްފައެވެ. ދުނިޔޭގައި މިވަގުތު އޮތް އެންމެ ބާރުގަދަ މެޝީންބަޑިއަކީ އެމެރިކާ ސިފައިން ބޭނުންކުރާ ފަލަންކްސް އެވެ. އެއިން ގަޑިއަކު 4500 ވަޒަން ބުރައިގެންދާ ކަމަށް ބުނެފައިވެއެވެ.  

                                                    

ޗައިނާގެ މި އުފެއްދުމުގައި ވަޒަން ލެއްވުމުގެ ބަދަލުގައި ބޭނުންކުރާނީ ކާރޓްރިޖް ކޮންޓެއިނަރ އެކެވެ. ކޮންމެ ފަހަރަކު ކޮންޓެއިނަރ ހުސްވުމުން ދެން ލައްވާނީ މުޅިން އާ ކޮންޓެއިނަރެކެވެ. މީގެ ސަބަބުން ގިނަ ވަގުތުތަކެއް ސަލާމަތް ކުރެވޭނެ ކަމަށް މި އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން ގެންދާ ޗައިނާގެ ސައެންސްވެރިން މައުލޫމާތު ދީފައި ވެއެވެ.                                         

މި އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތަތެރިވަމުން ގެންދާ ޗައިނާގެ ނޯތު  ޔުނިވަރސިޓީގެ އެސޯޝިއޭޓެޑް ޕްރޮފެސަރ ޒުއެޓާއޯ ބުނެފައިވަނީ މިހާރު ހަނގުރާމައިގެ މައިދާން ތަކުގައި ބޭނުންކުރެވޭ މެޝިން ބަޑިން ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާރމީގެ މަގްސަދުތައް ހާސިލު ނުކުރެވޭނެ ކަމަށާއި މަދުވެގެން ސިކުންތަކު 7500 ވަޒަން ބޭރުކޮށްލެވޭނެ ގާބިލުކަން ލިބިފައިވާ މެޝިން ބަޑި ޗައިނާ ސިފައިން އަތުގައި ހުރުން ކޮންމެހެންވެސް ބޭނުންވާނެ ކަމަށެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް