ނަރަކައިން ގަނޑުފެން ލިބުނަސް ކެނެޑާއަކީ އެމެރިކާގެ ބަޔަކަށް ނުވާނެ:ޓްރޫޑޯ

Loading

January 12, 2025
profile
Facebook
Twitter
WhatsApp

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނާލްޑް ޓްރަމްޕް ގެ ސިކުނޑީގައި އަވަށްޓެރި ބައެއް ގައުމުތަކަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ވަކި ސްޓޭޓްތަކަކަށް ހެދުމުގެ ވިސްނުންފުޅު މި ގެންގުޅުއްވަނީ ކީއްވެގެންތޯ ބައިނަލް އަގްވާމީ މީޑިއާތަކުގައި ގިނަ ސުވާލުތަކެއް އުފައްދަމުން އެބަ ގެންދެއެވެ. ޑޮނާލްޑް ޓްރަމަޕް ދެކިވަޑައިގަންނަވާގޮތުގައި ކެނެޑާއާއި މެކްސިކޯފަދަ ގައުމުތަކުގެ ދިފާއަށްޓަކައި އެމެރިކާއިން އެތައް ބައިވަރު ފައިސާއެއް ޚަރަދު ކުރަމުންގެންދާއިރު ބަދަލުގައި އެމެރިކާއަށް ދުއްތުރާތަކެއް ނޫނީ ނުލިބެއެވެ. އެ މަނިކުފާނުގެ ރިޔާސަތުގައި މިއީ ތާއީދު ކުރައްވާނެ ސިޔާސަތެއް ނޫނެވެ. ޑޮނާލްޑް ޓްރަމްޕް ދެކިވަޑައިގަންނަވާ ގޮތުގައި ކެނެޑާއާއި މެކްސިކޯއަކީ ހަގީގަތުގައިވެސް ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ބައެކެވެ.  

         

ކެނެޑާގެ ގިނަ ރައްޔިތުންވެސް އެމެރިކާގެ ރައްވެހިންނަށް ވުމަށް ލޯބިކުރާކަން ކެނެޑާގެ ބޮޑުވަޒީރަށް ހަމަ ރަގަޅަށްވެސް އެނގިވަޑައިގަންނަވާނެއެވެ. އެހެންވީ އިރު ކެނެޑާއަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ 51 ވަނަ ސްޓޭޓަށް ނުހަދައި ހަމައެކަނި ކެނެޑާގެ ދިފާއަށާއި އިގްތިސާދީ ނުފުއްދުންތެރިކަމުގެ ބޮޑެތި ޚަރަދުތަކާއި ދަރަނިތައް އެމެރިކާގެ ބޮލަށް ކަނޑާލާފައި އެ ގައުމުގެ މުއްސަނދިކަން އެހެން ބަޔަކު ކާލަން ދީގެން އެމެރިކާއިން އޮންނާކަށް ނުޖެހެއެވެ. ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.                

ކެނެޑާއިން އެމެރިކާއާއި ގުޅިއްޖެނަމަ ކެނެޑާއިން އެމެރިކާއަށް އެތެރެކުރާ އެގައުމުގެ އުފެއްދުންތަކަށް ކަސްޓަމްސް ޑިއުޓީ ނެގުމެއް ނޯންނާނެ ކަމަށާއި ރަޝިޔާއާއި ޗައިނާގެ އެއްވެސް ބިރުވެރިކަމަކާ ކެނެޑާއިން ކުރިމަތިލާން ނުޖެހޭނެކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.                                 

މިހާރު އެމެރިކާއާއި ކެނެޑާގެ އިން ވަކިކުރަން ދަމާލާފައިވަނީ ޚިޔާލީ ރޮނގެއްކަމަށް ކެނެޑާއިން ގަބޫލުކޮށް ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއާއި ކެނެޑާއަކީ އެއްގައުމެއްކަމުގައި ވެއްޖެނަމަ ދެ ގައުމަށްވެސް ގިނަގުނަ ފައިދާތަކެއް ލިބޭނެ ކަމަށާއި އަދި ސަލާމަތީގޮތުންވެސް މާބޮޑަށް ރައްކާތެރިކަން ގާއިމް ކުރެވިގެންދާނެ ކަމަށްވެސް ޓްރަމްޕް ގެ ނިއުސް ކޮންފަރެންސްގައި ވިދާޅުފައިވެއެވެ. އަދި މިހާރުވެސް ކެނެޑާއަކީ އަހަރެމެން ވަރަށްބޮޑު ހޭދައެއް ކޮށްގެން ބަލަހައްޓަމުން ގެންދާ ގައުމެއް ކަމަށާއި ކެނެޑާގެ ރައްޔިތުންދެކެ އަހަރެމެން ނުލާހިކު ލޯބިވާކަން އެއީ އިންކާރު ނުކުރެވޭނެ ހަގީގަތެކެވެ. ޓްރަމްޕްގެ މިވާހަކަތަކާގުޅޭ 2 ޗާޓެއްވެސް އެ މަނިކުފާނުގެ ވާހަކަފުޅުތަކަށް ބާރުއެޅުމުގެ ގޮތުން މީޑިއާއަށް ވަނީ ހާމަކޮށް ފައެވެ.                

ޓްރަމްޕްގެ ވާހަކަ ފުޅުގައި އެމެރިކާއަށް ލިބިފައިވާ އިގްތިސާދީ ފުދުންތެރިކަމުގެ ބާރު ބޭނުންކޮށްގެންވިޔަސް ކެނެޑާއަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ބައެއްކަމުގައި ހަދާނެކަމަށް ވިދާޅުވިއެވެ. މިހާރުވެސް އެމެރިކާއިން އެވްރެޖް ގޮތެއްގައި އަހަރަކު 32 މިލިއަން އެމެރިކާ ޑޮލަރުގެ އެހީމކެނެޑާއަށް  ފޯރުކޮށް ދެމުންގެންދާ ކަމަށާއި ބޭކާރު ގޮތެއްގައި ދެން އެ ޚަރަދު ނުކުރެވޭނެ ކަމަށާއި އަދި ނޭޓޯއަށްވެސް އެމެރިކާއިން ބޭކާރުގޮތެއްގައި ޚަރަދު ނުކުރެވޭނެ ކަމަށްވެސް ޓްރަމްޕް ވިދާޅު ވިއެވެ.                        

ކެނެޑާގެ އިތުރުން ގްރީންލޭންޑާއި ޕެނަމާ ކެނަލް އަކީވެސް އެމެރިކާގެ ތަންތަން ކަމުގައި ހެދުމުގެ ޝައުގުވެރިކަން އިންތިޚާބީ ރައީސް ޓްރަމްޕް ވަނީ ފާޅުކޮށްފައެވެ. އެހެންނަމަވެސް އެކަމުގައި އެމެރިކާއަށް ލިބިފައިވާ މިލިޓްރީ ބާރުގެ ބޭނުން ނުކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.                           

އިންތިޚާބީ ރައީސް ޓްރަމްޕްގެ މިވާހަކަފުޅުތައް މީޑިއާއަށް ތިލަވެފައިމިވަނީ މި އަންނަ އޮކްޓޯބަރ މަހުގައި ބޭއްވޭ އިންތިޚާބަށްފަހު ބޮޑުވަޒީރުގެ މަގާމުގައި ހުންނަވަން ގަސްދު ނުކުރައްވާކަން ޓުރޫޑޯ ހާމަކުރައްވިތާ އެއްދުވަސް ފަހުންނެވެ. ބޮޑުވަޒީރު ޓުރޫޑޯގެ ލިބަރަލް ޕާރޓީއަށް ފަހަކަށް އައިސް ރައްޔިތުންގެ ރުހުން ލިބުންދަނީ ކުޑަވަމުންނެވެ.                                                   

ފާއިތުވެގެން މިދާ 10 ވަރަކަށް އަހަރު ބޮޑުވަޒީރު ޓުރޫޑޯ އާއި އެމެރިކާގެ ގުޅުން ވަނީ ވަރަށްބޮޑަށް ހީނަރު ވެފައެވެ. އަދި ކެނެޑާގެ އުފައްދުންތައް އެމެރިކާއަށް އެތެރެކުރާނަމަ %25 ގެ ކަސްޓަމްސް ޑިއުޓީއެއް ނަގާނެކަމަށް އިންތިޚާބީ ރައީސް ޓްރަމްޕް އިއުލާންކުރެއްވުމުން އެމެރިކާއާއި ކެނެޑާގެ ހީނަރުވެފައިވާ ގުޅުން ވަނީ މިހާރު އިތުރަށް ގޯސްވެފައެވެ.                                             

ކެނެޑާގެ ބޮޑު ވަޒީރު ޓުރޫޑޯގެ ލިބަރަލް ޕާރޓީއާއި އިދިކޮޅު ކޮންޒަރވޭޓިވް ޕާރޓީންވެސް ރައީސް ޓްރަމްޕް ފާޅުކޮށްފައިވާ ކެނެޑާއަކީ އެމެރިކާގެ ބައެއް ކަމުގައި ހެދުމުގެ ޝުއޫރަށް ތާއީދެއް ނުކުރެއެވެ. ކެނެޑާއަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ބައެއް ކަމުގައި ހެދުމަށް އިންތިޚާބީ ރައީސް ޑޮނާލްޑް ޓްރަމްޕް ގެންގުޅުއްވާ ވިސްނުންފުޅާ ދޭތެރޭ ބޮޑުވަޒީރު ޓުރޫޑޯ ވިދާޅުވެފައިވަނީ ނަރަކައިން ގަނޑުފެން ލިބުނަސް އެކަމެއް ނުވާނެ ކަމަށެވެ ”. އެ މަނިކުފާނުގެ ބަހުރުވައިން ބުނާނަމަ “ ނޮޓް އަ ސްނޯބޯލްސް ޗާންސް އިން ހެލް “ އެވެ.   

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް