މި ރޯދަމަހު ސަރުކަރުން ކޮންމެ ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭހެއް ދޫކުރާނެ:މިފްކޯ

Loading

January 11, 2025
sandhaanu news
Facebook
Twitter
WhatsApp
ފޮޓޯ :މިހާރު

މި ފެށޭ ރޯދަމަހު ސަރުކަރުން ދޭ އިނާޔަތެއްގެ ގޮތުގައި ކޮންމެ ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭހެއް ދޫކުރާނެ ކަމަށް ސަރުކާރުގެ މަސްކުންފުނި މިފްކޯ އިން މިއަދު ބުނެފި އެވެ.

އެގޮތުން މިފްކޯއިން ނިންމާފައި ވަނީ ކޮންމެ ގެއަކަށް 48 ދަޅުގެ ތެޔޮ މަސްދަޅު ކޭހެއް ދޫކުރާށެވެ.

މިފްކޯއިން މިއަދު ބުނީ އެ ކުންފުނިން ރޯދަ މަހަށް އާންމުކޮށް އުފައްދާ މަސްދަޅުގެ އަދަދަށްވުރެ އިތުރަށް ލައްކައެއްހާ މަސްދަޅު މި ރޯދަމަހު އުފައްދަންޖެހޭ ކަމަށެވެ. އަދި އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ރޯދަމަހު ކޮންމެ ގޭބިސީއަކަށް ސަރުކާރުގެ ހަރަދުގައި މަސްދަޅު ކޭހެއް ދޭން ނިންމާފައިވާ ކަމަށް މިދިޔަ ނޮވެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާނުކުރައްވާފައެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ ގޭބިސީތަކަށް ކާޑުގެ ބާވަތްތައް ހިލޭ ދޫކޮށް ކަރަންޓާއި ފެނުގެ ބިލުން 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް