ލޯބިން ގުޅޭ ދެހިތެއް ވަކިނުކުރެވޭނެއެވެ.

Loading

Facebook
Twitter
WhatsApp


ވަރަށް ރީތި އަންހެންކުއްޖަކު ދެކެ ހަމައެހާރީތި ޒުވާން ފިރިހެނަކު ލޯބިވެ،ކައިވެނި ކުރިއެވެ.ދެމީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެއެވެ.އެހެން ކަމުން ދެމީހުން ވެއަތު ކުރަމުންގެންދިޔައީ ވަރަށްވެސް އުފާވެރި ހަމަޖެހޭ ދިރިއުޅުމެކެވެ. އެކަކު އަނެކަކަށް އަޅާލާ އެކަކު އަނެކަކަށް އޯގާތެރިކަމާއި ލޯބިން ފުރިގެންވާ ދިރިއުޅުމެކެވެ.


މިގޮތުގައި ދުވަސްތައް ކުރިޔަށް ދަނިކޮން އަންހެން ކުއްޖާޔަށް ގޮތްނޭނގޭ ހަމުގެ ބައްޔެއް ޖެހުނެވެ.މިކަމުގެ ސަބަބުން އޭނާގެ ރީތި ސިފަޔަށް މަޑުމަޑުން ބަދަލު އަންނަމުން ދިޔައެވެ.އޭނާގެ ރީތި ސިފަ ގޭއްލޭތަންފެނި ފިރިމީހާ ކުރިމައްޗަށް ނިކުންނަން ޖެހިލުންވާން ފެށިއެވެ.އަދި ވީވަރަކުން ފިރިމީހާޔަށް ނުފެނި އުޅެން ފެށިއެވެ.އޭނާ އެ ސިފައިގައި ހުއްޓާ ފެނިއްޖެ ނަމަ ފިރިމީހާޔަށް އަސަރު ކުރާނެކަން އެނގޭތީއެވެ.
މިގޮތުގައި ދުވަސްތަކެއް ވެފައި ވަނިކޮން ފިރިމީހާ އޮފީސް ދަތުރެއްގައި ދުރު ހިސާބަކަށް ދާން ޖެހިއްޖެ އެވެ. މި ދަތުރުގެ ތެރޭގައި އުޅެނިކޮން އޭނާޔަށް އެކްސީޑެންޓެއް ކުރިމަތިވިއެވެ. އަދި ދިމާވި ގޮތަކުން އޭނާގެ ދެލޯ އަނދިރި ވެއްޖެއެވެ.
މި ހަބަރު އަނބިމީހާޔަށް ލިބި ވަރަށް ހިތާމަ ކުރިއެވެ. އަދި އޭނާޔަށް ހިދުމަތް ކޮށްދިނުމަށް އޭނާ ކައިރިޔަށް ދާން ބޭނުންވިއެވެ. ނަމަވެސް ދެވޭގޮތެއް ނުވިއެވެ.
ހޮސްޕިޓަލުން ދޫކޮށްލުމުން އެނބުރި އައުމުން ފިރިމީހާދެކެ އޭނާވާ ލޯބި ދެގުނު އިތުރު ވެގެން ދިޔައެވެ.އޭނާގެ އެހީއާއި މަދަދު ހަމަ ކޮންމެ ކަމަކަށްވެސް ފިރިމީހާ ބޭނުންވާއިރު ކޮންމެ ކަމެއްވެސް ކޮށްދެމުން އައީ ވަރަށް ފަރުވާތެރިކަމާ އޯގާތެރިކަމާއި އެކުގައެވެ.މިކަމުގެ ސަބަބުން ދެމީހުންގެ ލޯބި ހައްތަހާވީ އިތުރެވެ.
މިގޮތުގައި ހަޔާތުގެ ދުވަސްތައް އުފަލުގައި ކުރިޔަށްދާއިރު އަންހެންމީހާ ސިފަޔަށް ވަނީ ވަރަށް ބޮޑަށް ބަދަލު އައިސްފައެވެ.ނަމަވެސް ފިރިމީހާގެ ލޮލަށް ނުފެންނަކަމުން އޭނާއަކަށް މިކަމެއް ނޭގެއެވެ. އޭނާގެ ދެގޮތެއް ނުވާ ލޯބި، އަންހެންމީހާގެ ހިތްފުރި ބަންޑުންދާވަރަށް ދެމުން ގެންދެއެވެ.
އަންހެންމީހާގެ ބައްޔަށް ފަރުވާ ހޯދަމުން ދިޔަނަމަވެސް އެކަމުގެ ނަތީޖާ ނުފެނި އަންހެން މީހާ މަރުވީއެވެ.މިކަމާ ފިރިމީހާގެ ހިތް ކުދިކުދިވި ކަހަލައެވެ.ޖަނާޒާގެ ކަންތައް ނިންމާލުމަށްފަހު އޭނާ ނިންމީ އަލުން އައު ހަޔާތެއް ފެށޭތޯ ބެލުމަށް ރަށުގެ އެހެން ހިސާބަކަށް ދިއުމަށެވެ.
މިކަން އިނގި، އާއިލާގެ މީހަކު ބުންޏެވެ.“ކަލޭ ލޮލަށް ނުފެންއިރު އެހެން ތަނެއްގައި އެކަނި އުޅޭނީ ކިހިނެއް ހެއްޔެވެ.ހުރިހާކަމެއް ކޮށްދެމުން އައީ ކަލޭގެ އަންހެނުން ނޫންހެއްޔެވެ.“
މިހެން ބުނުމުން ފިރިހެންމީހާ ބުންޏެވެ.“އަހަރެންނަށް ހަގީގަތުގައި ފެނެއެވެ.މަގޭ ލޮލަކަށް ކަމެއް ނުވެއެވެ.އަހަރެން ލޮލަށް ނުފެންނަކަމަށް ހަދައިގެން އުޅުނީ އަނބިމީހާގެ ބަދަލުވަމުންދާ ސިފަ އަހަރެންނަށް ފެންނާތީ އޭނަ ހިތާމަ ކުރާކަން އެނގިގެންނެވެ.އަހަރެން ލޯބިވީ އޭނާގެ ރީތި ސިފަދެކެ އެކަންޏެއް ނޫނެވެ.އޭނާގެ ހިތުގައި އަހަރެންގެ މައްޗަށް އޮތް ލޯތްބާއި އޯގާތެރި ސިފަ ދެކެއެވެ.މަޑުމައިތިރި ކެތްތެރި މީހަކަށް ވީމައެވެ.ބަސްމަދު ގެވެހި މީހަކަށް ވީމައެވެ.އޭނާގެ ސިފަޔަށް އަންނަމުން އައި ބަދަލުތައް އެއީ އޭނާޔަށް ކޮންޓްރޯލް ކުރެވޭނެ ކަމެއްނޫނެވެ.އެހެންވެ އަހަރެންގެ ލޮލަށް ނުފެންނަ ކަމަށް ހަދައިގެން އުޅުނީއެވެ. މިހެން ހެދުމުން އޭނާ އަހަރެން ދެކެ އަދި މާބޮޑަށް ލޯބިވިއެވެ.މާބޮޑަށް އަހަރެންނަށް އަޅާލާ އަހަރެންގެ ހުރިހާކަމެއް ފުރިހަމަ ކޮށްދިނެވެ.“
ލޯބި ވާންޖެހޭނީ ހަމައެކަނި ބޭރުފުށުންފެންނަ ސިފަ ދެކެއެއް ނޫނެވެ.އެމީހެއްގެ ހުންނަ އަހްލާގީ ސިފަތަކާއި، އުޅުމާ ގުޅުންތައް ބަހައްޓާ ގޮތްތައް ދެކެއެވެ. އެމީހެއްގެ ހުންނަ އައިބުތަކަށް ނުބަލާ މިފަދަ ރަގަޅު ސިފަތަކަށް ބަލާނަމަ ހަގީގީ ލޯބި ލިބުމަށް ވަރަށް ގިނަ ފަހަރު މަގުފަހިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް