ޣައްޒާގެ ހަނގުރާމަ ކުރިޔަށްދާ މިދަނޑިވަޅުގައި ސުއޭސް ކެނޭލް އަށް ”އޯލްޓަނޭޓިވް“ އެއް(ދެވަނަ ގޮތެއް) ހޯދުމުގެ ގޮތުން އެފަދަ އިތުރު ކެނޭލް އެއް ގާއިމްކުރަން އިސްރާއިލުން ތައްޔާރުވަމުން ދާކަމަށް ހަބަރުލިބެއެވެ.މިއައު ކެނޭލް އަށް ދޭން ނިންމާފައިވާ ނަމަކީ ބެން ގުރިއޯން ކެނޭލްއެވެ.
(BEN GURION CANAL)
މެޑިޓަރޭނިއަން ކަނޑާ އެރޭބިން ކަނޑު ގުޅުވާދޭ ގޮތަށް އައު ކެނޭލް ގާއިމް ކުރަނީ ސުއޭސް ކެނޭލްގެ ބަދަލުގައި ބޭނުން ކުރެވިދާނެ ކެނެލް އެއްގެގޮތުގައެވެ.
މިހާހަމައިން އުފެދޭ ސުވާލަކީ ސުއޭސް ކެނޭލް ނޫންގޮތެއް ހޯދަން އިސްރާއިލުން ބޭނުންވަނީ ކީއްވެތޯއެވެ.
މާހިރުން ފާހަގަ ކުރައްވާގޮތުގައި 15 މަސްވީ ޣައްޒާ ހަނގުރާމައަކީ ހަމައެކަނި އިސްރާއިލާ ފަލަސްތީނާ ދެމެދު ހިނގާ ކުރިމަތިލުންތަކެއް އެކަންޏެއްނޫނެވެ.ޣައްޒާ ހަނގުރާމައަކީ އެމެރިކާއާއި އިދިކޮޅު ފަރާތްތަކާދެމެދުވެވޭ ”ޖިއޯ-އިކޮނޮމިކް“ ހަނގުރާމައެއްވެސް މެއެވެ. ޚާއްސަކޮން އެމެރިކާއާއި ޗައިނާއާދެމެދު އޮންނަ ”ޖިއޯ-އިކޮނޮމިކް“ ހަނގުރާމައެއްވެސް މެއެވެ.
މިނަޒަރުން ބަލާއިރު އެމެރިކާގެ މަދަދާއެކު އިސްރާއިލުން ބޭނުންވަނީ މެދުއިރުމަތީގެ ގައުމުތަކުގެ ކޮންޓްރޯލްގެ ދަށުގައި ނުވާ ކެނޭލްއެއް ގާއިމް ކުރުމަށެވެ.
ކެނޭލް ކަނޑާނީ ކޮން ގައުމު ތަކެއްގެ ތެރެއިންތަ ؟
ބެން ގުރިއޯން ކެނޭލް ގާއިމް ކުރުމުގެ ކޮންސެޕްޓް ފުރަތަމަ ތައާރަފް ކުރެވުނީ 1963ވަނަ އަހަރު ކަމަށް ވެއެވެ.އޭރު ނިންމާފައިވަނީ 300 ވަރަކަށް ކިލޯމީޓަރުގެ އާޓިފިޝަލް ވޯޓަރވޭ އެއް ގާއިމް ކުރުމަށެވެ. މި ކެނޭލް ކަނޑަން ނިންމާފައި އޮތީ ނެގޭވް ޑެސާޓް ގެ ތެރެއިންލާފަ ގޮސް މެޑިރޭނިއަން ކަނޑު، ގަލްފް އޮފް އަގަބާ އަދި ރެޑް ސީއާ ގުޅުވާދޭ ގޮތަށެވެ.
އައު ކެނޭލްގެ ރޫޓް-މެޕް ދައްކާގޮތުގައި މީގައި ސެންޓްރަލް ޣައްޒާ ސްޓްރިޕް ހިމެނެއެވެ.މިގޮތުން ޣައްޒާއިން ފަށާ ކެނޭލް، ގަލްފް އޮފް އަޤަބާ އާއި ގުޅުވާލައެވެ. އެހެންކަމުން ގަލްފް އޮފް އަގަބާއިން ފުރާ ކާގޯބޯޓުތައް ރެޑްސީގެ ތެރެއިން އެރޭބިއަންސީ އަށް ހުރަސްކޮށް އެހެން ގައުމުތަކަށް ދިއުމަށް މަގުފަހިކޮށްދޭނެއެވެ.
ފާހަގަ ކޮށްލަން ޖެހޭ ގޮތުގައި އައު ކެނޭލްގެ އެއްކޮޅުގައި މިސްރު އޮންނައިރު އަނެއްކޮޅުގައި އޮންނަނީ ސައޫދީ އަރަބިއްޔާއެވެ.
ބެން ގުރިއޯން ކެނޭލް ޚާއްސަވަނީ ކޮން ގޮތަކުން؟
ބެން ގުރިއޯން ކެނޭލް ޚާއްސަވަނީ ކޮން ގޮތަކުންތޯ ބަލާއިރު،މިކެނޭލްގައި ދެމަގުހިމެނޭނެ ކަމަށް ޕްލޭންގައި ވެއެވެ.މިއިން ކޮންމެ މަގެއްގެ ފުންމިނުގައި 50 މީޓަރު ހުންނާނެ ކަމަށާ ފުޅާމިނުގައި 200 މީޓަރު ހުންނާނެ ކަމަށް ވެއެވެ. މިވަރުން އެންމެ ބޮޑެތި ކާގޯ ބޯޓުތަކަށް ފަސޭހަކަމާއެކު ދަތުރު ކުރެވޭނެ ކަމަށް ވެއެވެ.
އަނެއްކޮޅުން ސުއޭސް ކެނޭލްގައި އޮންނަނީ އެންމެ ލޭނެކެވެ. މިހެން ވުމުން ކިތަންމެ ފަހަރަކު ބޯޓުތައް ތޮއްޖެހި ދަތުރުތައް ލަސްވެގެން ދެއެވެ.
ސުއޭސް ކެނޭލްގައި 2021 ވަނަ އަހަރު ކޮންޓެއިނާ ބޯޓެއް ތާށިވެގެން ހިނގި ހާދިސާގައި 9.6 ބިލިއަން ޑޮލަރުގެ މުދާ ހަދުވަސްވަންދެން އެއްވެސް ތާކަށް ނުގެންދެވި ބަންދު ވެފައި ހުންނަން ދިމާވިއެވެ. އެހެން ކަމުން މިފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށްޓަކާ އިސްރާއިލުން ހުށަހަޅާފައިވާ ވޯޓަވޭ ގައި އާދަޔާ ޚިލާފް ކޮންސްޓްރަކްޝަން ހުނަރުތައް ބޭނުން ކުރަން ޖެހޭނެއެވެ.
ބެން ގުރިއޯން ކެނޭލް ބިނާކުރުމުގައި ހުރި ގޮންޖެހުން ތަކަކީ ކޮބާ؟
މިޕްރޮޖެކްޓް ކުރިޔަށް ގެންދިއުމަށް އިސްރާއިލަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ބޭނުންވާ ބޮޑު ބަޖެޓެވެ. މިކަމަށް އެތައް ބިލިއަން ޑޮލަރު ބޭނުންވާއިރު މިއީ އިސްރޭލަށް އެކަނި އުފުލައިގަނެވޭ ވަރުގެ ހަރަދަކަށް ނުވާނެއެވެ. މީގެ އިތުރުން ވަރަށް ގިނަ ސެކިއުރިޓީ ގޮންޖެހުންތައްވެސް ވާކަމަށް ވެއެވެ.ކެނޭލް އެއްކޮޅު ގުޅެނީ ހޫތީން ކޮންޓްރޯލްކުރާ ކަނޑު ސަރަހައްދުތަކާ ކަމަށް ވާއިރު، ކެނޭލުން ދަތުރުކުރާނެ ބޮޑެތި ބޯޓުތަކަށް އެމީހުންގެ ޑްރޯންތައް ބޭނުން ކޮށްގެން ހަމަލާދީފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެއެވެ. މީގެ އިތުރުން ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް އާއި އިސްލާމިކް ޖިހާދުގެ ފަދަ ގްރޫޕްތަކުގެ ހަމަލާތައްވެސް އަންނާނެ ކަމަށް ދަނީ ބެލެމުންނެވެ.
ބެން ގުރިއޯން ކެނޭލްއިން އިސްރާއިލަށް ވާނީ ކޮން ފައިދާތަކެއް ؟
ބެން ގުރިއޯން ކެނޭލްގެ ސަބަބުން ތެލްއަވީވް އަދި އެމެރިކާއަށް ލޯންގޓާމް ސްޓްރެޓީޖިކް ފައިދާތަކެއް ވާނެ ކަމަށް ވެއެވެ.ސުއޭސް ކެނޭލުން ކާގޯ ބޯޓުތައް ދަތުރު ކުރުމަށް ދައްކަން ޖެހޭ 12 ޕަސެންޓުން ބައެއް އަތުލުމަށް ދައުވާ ކުރެވޭނެ ކަމަށް ވެއެވެ.އަދި އެމެރިކާއާއި އިސްރާއިލުގެ ޕާޓްނަރުންނަށް ހެޔޮއަގެއްގައި ޓްރާންސިޓް މަގެއް ހުޅުވާލަ ދެވޭނެއެވެ.މީގެ އިތުރުން ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ވަރަށް ބޮޑަށް ސުއޭސް ކެނޭލަށް ބަރޯސާ ވާއިރު، އައު ކެނޭލް ހެދުމުން ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ގެ މުހިންމުކަން ކަނޑުވާލެވޭނެއެވެ.
މައުލޫމާތު : އިންޑިޔާ ޑޮޓް ކޮމް