އިސްރާއީލުން ޣައްޒާއަށްދިން ހަމަލާގައި ޝަހީދުވި 11 މީހުންގެތެރޭގައި ހަމާސްގެ ޕޮލިސް ޗީފް ހިމެނޭ

Loading

Facebook
Twitter
WhatsApp
Gaza police chief’s aide shahwan

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާގައި ޝަހީދުވި 11 މީހުންގެ ތެރޭގައި ހަމާސްގެ ޕޮލިސް ޗީފް ހިމެނޭކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިސްރާއީލު ސިފައިން ފަލަސްތީނުގެ ޣައްޒާއަށް މިއަދު ދިން ހަމަލާތަކެއްގައި ހަމާސްގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕޮލިސް މަހުމޫދު ސަލާހާއި އޭނާގެ އެހީތެރިޔާ ހުސާމް މުސްތަފާ ޝަވާން ވަނީ ޝަހީދުކޮށްލާފައެވެ.

މަހްމޫދު ސަލާހު ޝަހީދުވެފައި ވަނީ ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގެ އަލް މަވާސީ ޑިސްޓްރިކްޓްގައި ހުންނަ ފަލަސްތީނުގެ ރެފިއުޖީންގެ ޓެންޓްތަކަށް ދިން ވައިގެ ހަމަލާއެއްގައެވެ.

މީގެ އިތުރުން ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަލް މަވާސީ ސަރަހައްދުގައި ފަލަސްތީނުގެ ރެފިއުޖީންގެ ޓެންޓްތަކަށް އިސްރާއީލުން ދިން މި ހަމަލާގައި ހަމާސްގެ ޕޮލިސް ޗީފް ހިމެނޭހެން ފަލަސްތީނުގެ 11 މީހަކު ޝަހީދުކޮށްލާ 15 މީހަކު ވަނީ ޒަހަމްކޮށްލާފައެވެ.ޝަހީދުވި މީހުންގެ ތެރޭގައި ތިން ކުޑަކުދިންނާއި ދެ އަންހެނުން ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން އަހަރު ފެށުނު ދުވަހު ޣައްޒާގައި އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 12 މީހަކު މަރުވެފައިވާއިރު، ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް