ކޮވިޑް 19 ޕެންޑަމިކް ފެށިގެން އައި ގޮތް ދެނެގަތުމަށްޓަކާ ބައްޔާބެހޭ ތަފްސީލް މައުލޫމާތު ނުވަތަ ޑޭޓާ ހިއްސާކުރުމަށް ޑަބްލިއު އެޗްއޯއިން އަނެއްކާވެސް ޗައިނާއަށް ގޮވާލައިފިއެވެ.ކޮވިޑް 19 ޕެންޑަމިކް ފުރަތަމަ ފެނިފައިވަނީ މީގެ ފަސް އަހަރު ކުރިން ޗައިނާގެ ވޫހާން އިންނެވެ.
ވޫހާންގައި ”ނިއުމޯނިޔާ“ ޒާތު ބައްޔެއް ފެތުރެމުންދާކަން އެސިޓީގެ ސިއްހީއިދާރާ ތަކުން ފާހަގަކޮށްފައިވާތީ އެކަން ބަޔާންކޮށް 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހު ޑަބްލިއުއެޗްއޯއިން ބަޔާނެއް ނެރުނެވެ.ބަލި ފެތުރެމުންދާލެއް ބާރުކަމުން، އޭގެ 3ހަފްތާފަހުން ޗައިނާ ސަރުކާރުން،11 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވޫހާން ލޮކްޑައުން ކުރިއެވެ.
ކޮވިޑް19 ފެތުރެމުންދާލެއް ހަލުވިކަމުން މުޅިގައުމު އެކަމުގެ ހާސްކަމުގައިތިބިއިރު، ޗައިނާއިން ބޭރަށްވެސް ބަލި ފެތުރިފައިވާކަން ފާހަގަ ކުރެވުނެވެ.
ކޮވިޑް 19 ޕެންޑަމިކް އާއި ގުޅިގެން ގެނައި ލޮކްޑައުން ތަކުން މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުން އަރައިގަނެފައި ވީނަމަވެސް ހަތް މިލިއަނެއްހާމީހުން މަރުވާން ދިމާވި ބަލީގެ ވައިރަސް އައީ ކޮން އެއްޗަކުން ކިހިނެއްތޯ ކަމުގެ ސުވާލުތަކަށް އަދިވެސް ވަނީ ޖަވާބު ނުލިބިއެވެ. ކޮވިޑް 19ގެ ސަބަބުން ގައުމުތަކުގެ ހެލްތުކެއާ ސިސްޓަމްތައް ފެއިލްވެ،ދުނިޔޭގެ އިގްތިސާދްވެސް ބޮޑުވަޅުގަނޑަކަށް ވެއްޓެއް ދިމާވިއެވެ.
ގިނަ އެކްސްޕާޓުން ބުނާ ގޮތުގައި ޕެންޑަމިކްގެ ފެށުން ދެނެގަންނަން އުދަގޫވެފައިވަނީ ޗައިނާއިން ބައްޔާބެހޭ ފުރިހަމަ މައުލޫމާތު ހާމަ ކޮށްފައިނުވާތީ އެވެ.
މިކަމަށް ގޮވާލާ ޑަބްލިއުއެޗްއޯއިން ހޯމަ ދުވަހުވަނީ އަނެއްކާވެސް ބަޔާނެއް ނެރެފައެވެ. މިއީ ޗައިނާގެ ކިބަޔަށް އޮތް ”މޯރަލް“ އަދި ސައިންޓިފިކް ވާޖިބެއް ކަމަށް ޑަބްލިއު އެޗްއޯގެ ބަޔާނުގައި ބުނެފައި ވެއެވެ. މީގެ އިތުރުން،މިކަމުގައި ގައުމުތަކުގެ މެދުގައި ”ޓްރާންސްޕޭރަންސީ“ ޝެއާކުރުން އަދި އެއްބާރުލުން ނެތްނަމަ މުސްތަގްބަލްގައި ކުރިމަތިވެދާނެ މިފަދަ އެޕިޑަމިކްތަކާއި ޕެންޑަމިކް ތައް ހުއްޓުވާ އަދި އެކަމަށް ފުރިހަމަޔަށް ތައްޔާރު ނުވެވޭނެ ކަމަށް ވެސް ޑަބްލިއުއެޗްއޯގެ ބަޔާނުގައި ބުނެފައި ވެއެވެ.
ކޮވިޑް 19 ފެންޑަމިކް ފެށުގޮތް މުޅިން ސާފުވެފައިނުވާއިރު އެއީ އަދިވެސް ސައިންޓިފިކް ހޯދުންތަކާއި އަދި ސިޔާސީ ބަހުސު ތަކަށްވެސް ހުޅުވާލެވިފައިވާ މައުލޫއެކެވެ. ބަލި އައީ ޖަނަވާރެއްގެ ފުށުން ކަމަށް އެއްބަޔަކު ގަބޫލުކުރާއިރު އަނެއްބަޔަކު ގަބޫލުކުރަނީ ބަލީގެ ވައިރަސް ލީކްވީ ލެބޯޓަރީ އަކުން ކަމަށެވެ.