އެމެރިކާގެ ހުޅަނގު ބިތުގައި އުފެދުނު އެޓްމޮސްފެރިސިކް ރިވަރ އެއްގެ ބާރު ގަދަވެ ކެލިފޯނިޔާގެ ސެންޓާ ކުރުޒް ސަރަހައްދަށް ބަންޑުން ވުމުގެ ސަބަބުން އުފެދުނު 60 ފޫޓުގެ ބިޔަ ރާޅުތަކުން ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ޚަބަރުތައް ބުނެފައިވާ ގޮތުގައި އެބިޔަ ތަކުން ސެންޓާ ކުރުޒް ބަދަރުގެ ގުދަންތަކާއި އެ ސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ އެއްގަމުގައި ދުއްވާ އުޅަނދުފަހަރު އުކާލާފައިވަނީ ހިކި ހޯލި ދަރުތަކެއް ބާރުގަދަ އޮއިވަރެއްގެ ތެރެއަށް ދަމައިގަންނަ ބީދައަކުންނެވެ.
ސެންޓާ ކުރުޒްގެ މަގަތު ފާލަމަކީ މަސްބޭނުމާއި އަދި މަސްމާރކޭޓް ސަރަހައްދުން ބާޒާރުކޮށްލުމަށްޓަކައި އަހަރަކު ދޮޅު މިލިއަން މީހުން ޒިޔާރަތް ކުރާ މަންޒިލެކެވެ. އެކަމަކު މިފަހަރު އެ ފާލަން ހަލާކުވެފައިވާލެއް ބޮޑުކަމުންނާއި އަދި ދޭތެރޭ ދޭތެރެއިން މިއަންނަ ކޮޅިގަނޑުތަކުގެ ސަބަބުން އަލުން މަރާމާތު ކުރެވޭނެ ދުވަހެއް އަންދާޒާކުރަން ނޭންގޭ ކަމަށް ވެއެވެ.
ބިޔަ ރާޅުތަކުގެ ތެރޭގައި އެތައް ބަޔަކު ކަނޑުތެރެއަށް ދަމާގަނެގެން ގެންގޮސްފައިވާ ކަމަށާއި އަދި ބައެއް މީހުން މަރުވެފައިވާކަމަށް ކެލިފޯރނިޔާ ގޮނޑުދޮށުގެ ބައެއް ސަރަހައްދުތަކުން ރިޕޯރޓްކޮށްފައި ވެއެވެ. މޫސުމާބެހޭ އިލްމު ވެރިންގެ ދިރާސާތަކުގައި ބުނެފައިވަނީ މިވަރުގެ ބިޔަ ރާޅުތައް އެރުމުގެ ހާދިސާއަކީ އެއްހާސް އަހަރުން އެއްފަހަރު މެދުވެފައިވާ ކަމެއް ނަމަވެސް މިހާރު މިފަދަ ހާދިސާތައް މެދުވެރިވުން ގޮތްނޭންގޭ މިންވަރަށް އަވަސްވެފައިވާ ކަމަށެވެ.
އެޓްމޯސްފެރިސިކް ރިވަރ ބަންޑުން ޖަހާލުމުގެ ސަބަބުން ސޮނޯމާ ކައުންޓީގެ ބައެއް ހިސާބުތަކުން ގަސްތައް ބިމުން ލުހެވިގެންގޮސް އަދި ގިނަހިސާބަކުން ކަރަންޓް ލައިންތައް ބިންމައްޗަށް ވެއްޓުމުން 2.6 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާކަމަށް ބުނެއެވެ.
4 Responses
އެއްވެސް އިންސާނަކަށް މިފަދަ ބޮޑު މުސީބާތެއް ކުރިމަތިވުމަކީ އަޅުގަނޑު އުފާކުރާ ކަމެއްނޫން. އެމެރިކާގެ މުސްލިމުން ސަލާމަތް ކުރެއްވުން އެދި ދުޢާ ކުރަމެވެ.
އިސްލާމީ ދައުލަތެއް ނެތި ކޮށް ލުމަށް ގަދަބާރުލިބި އަދި އެއުންމަތުގެ މުސްލިމް އަޚުންނާއި އުޚުތުންނަށް އަދި މުސްކުޅިން ނާއި ކުޑަ ކުދިން ނަށް ކާއެތިކޮޅެއް ވެސް ދެވޭނެ މަގުތައް ބަންދުކޮށް ބަޑަށް މަރަމުންދާ ޖައްބާރު އިޒްރޭލުގެ ވާގިވެރިޔާ އެމެރިކާ ނިކަމެތި ކުރެއްވުމަކީ ކޮންމެ މުސްލިމަކު އުފާކުރާނެ ކަމެއް. މިކަމުންވެސް ޢިބުރަތް ޙާސިލް ކުރެވިއްޖެނަމަ ރަނގަޅު
True👍
އިންސާނާއައްކުރިމަތިވާ ގިނަ މުސީބާތްތައް އިންސާނާ އަށް ކުރިމަތިވަނީ އެ އިންސާނާގެ ކިބައިގަހުންނަ ބޮޑާކަމަާއި ،ކިބުރުވެރިކަމާއި ،ގޮތްދޫނުކުރުމާއި ;ޖާހިލުކަމުގެސަބަބުން ސަބަބުންނެވެ އަނިޔާވެރި ،ކަމުގެސަބަބުން
މަހްމޫދު ވިދާޅުވެފައިވަނީ ރަނގަޅަށް. އެމެރިކާގައިވެސް ސަރުކާރުގެ ސިޔާސަތަށް ހުރިހާ ރައްޔިތުން ތާއީދެއް ނުކުރޭ. މަގުތަކަށް ނިކުމެ ފަލަސްތީނާ އެއްކޮޅަށް މުޒާހަރާ ކުރަމުންވެސް ގެންދާތަން އެބަ ފެނޭ. މެދުވެރިކުރައްވާ ހާދިސާތަކުން އިބްރަތް ލިބިގަތުން ބޭނުން.