އުމުރުން ދުވަސްވުން

Loading

Facebook
Twitter
WhatsApp

އުމުރުން ދުވަސްވީ މީހަކަށް ވުމަކީ މާފަސޭހަ ކަމެއްނޫނެވެ.އުމުރުން ދުވަސްވުމުން ކުރީގަ ކުރިގޮތަށް އެއްވެސް ކަމެއް ނުކުރެވެއެވެ.ކުރީގަ ހިނގާ އުޅުނުހާ ބާރަކަށް ނުހިނގެއެވެ.ކުރީގަ ތަންތަނަށް އަރާ އުޅެވުނު ނަމަވެސް މިހާރަކު ގޮނޑިއެއްގެ މައްޗަށްވެސް ނޭރެއެވެ. ކުރީގަ ފަހާ،މާޖަހާ ހެދިނަމަވެސް މިހާރަކު ނުހެދެއެވެ.ޚާއްސަކޮށް ފޮތް ކިޔާ އުޅުން ވަނީ ދަތިކަމަކަށް ވެފައެވެ. އެކަންކަމަށް މިއަދު ޖެހެނީ އަލްވަދާއު ކިޔާށެވެ. އަދި އަލަށް އުޅެން ޖެހޭ ގޮތްތަކަށް އާދަވާން ވަނީ ޖެހިފައެވެ.


އުމުރުން ދުވަސްވީ މީހަކަށް ވުމަކީ މާފަސޭހަ ކަމެއްނޫނެވެ.ތިމާގެ އައު މޫނު ބަލައިގަނެ،އެމޫނަށް ހޭނެން ވަނީ ޖެހިފައެވެ.ކުރީގެ ހަށިގަނޑެއްވެސް މިހާރަކުނެތެވެ.ކޮންމެ ކޮންމެ ފާޑެއްގެ ހެދުމެއް ލުމަކީ ބަދަލުތައް އައިސްފައިވާ މިހާރުގެ ހަށިގަނޑާ ގުޅޭ ކަމެއްނޫން ކަން ގަބޫލުކުރަން ޖެހެއެވެ.
އުމުރުން ދުވަސްވީ މީހަކަށް ވުމަކީ މާފަސޭހަ ކަމެއްނޫނެވެ.އެހެން ނަމަވެސް ވާންހުރިކަމެއް ވާނެކަން،ދާންހުރި މީހަކު ދާނެކަން ގަބޫލުކުރަން ހަމަގައިމުވެސް މިހާރު މާފަސޭހައެވެ.އަދި ކައިރީގައި ތިބޭނީވެސް ތިބެން ބޭނުންވާ މީހުންކަން މިހާރު އިގެއެވެ.މީހަކު ބުނެދޭކަށް ނުޖެހެއެވެ.
އުމުރުން ދުވަސްވީ މީހަކަށް ވުމަކީ މާފަސޭހަ ކަމެއްނޫނެވެ.އެއްވެސް މީހެއްގެ ފުށުން އުންމީދު ނުކުރުމަށް ވަނީ މިހާރު ދަސްވެފައެވެ.ފިރިޔަކުނެތި އެކަނި އުޅެން ވަނީ ދަސްކުރަން ޖެހިފައެވެ.ހެނދުނު ހޭލެވޭއިރު އެކަނި އޮންނަން ވަނީ ދަސްކުރަން ޖެހިފައެވެ. ކޮންމެ ދުވަހަކު ހެނދުނު ފާހާނާ ލޯގަނޑުން ފެންނަން ހުންނަ ބައިވެރިޔާ ނުފެންނަ ދުވަސްވެސް އަންނާނެކަން ގަބޫލުކުރަން ޖެހެއެވެ.ކޮންމެ ކަމަކަށްވެސް ނިމުން ވާކަން މިހާރު ހަނދާން ވާލެއް ގިނައެވެ.ހަޔާތަކީވެސް ނިމުންވާ އެއްޗެއްކަން އިނގެނީ މިހާރުއެވެ.ވަކިވާންޖެހޭ މީހުން ދިއުމުން ހިތް ފުރެންދެން މިހާރު ރޯލަން ލިބެއެވެ.އެތެރެ ހުސް ތޮއްޓަކަށް ވަންދެނެވެ.
ދެން އަނެއްކާވެސް ޖެހެނީ އައު ގޮތަކަށް ހިނިތުންވާން ދަސްކުރާށެވެ.އައު އުންމީދު ތަކެއް ހޯދާށެވެ.ހިތް އެދޭ އައު ކަންތައްތަކެއް ހޯދާށެވެ. ކޮފީތައްޓެއް ހިފައިގެން މިހާރު ރިކްލައިނާ ގޮނޑީގައި ކިތަންމެ އިރަކުވެސް އިދެވެއެވެ. މުޅި ދުވަހު ނިދާހެދުމުގައި ހޭދަކޮށްލެވެއެވެ. ތާކަށްދާން ގަޑިޖެހޭތީ ތެޅިފޮޅޭކަށް ނުޖެހެއެވެ. އިސްތަށިގަނޑު ބޮލުމެދަށް ހުޅިޖަހާފަ ހުއްޓަސް މީހަކު އެއްޗެއް ނުބުނާނެއެވެ. ބޭނުން އިރަކު ފެންވަރާ، އަދި ބޭނުމިއްޔާ ފެންނުވަރާވެސް ހުރެވެއެވެ.
އުމުރުން ދުވަސްވީ މީހަކަށް ވުމަކީ މާފަސޭހަ މާފަސޭހަ ކަމަކަށް ނުވިނަމަވެސް ހަޔާތުގެ ބާބު ތަކުގެ ތެރެއިން އެންމެ ބޭނުމީ އުމުރުން ދުވަސްވީ މީހެއްގެ ބާބެވެ.
(ތަރުޖަމާއެއް)

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް