އިސްރާއީލުން ޔަމަނުގެ ސަނާ އެއާޕޯޓަށް ހަމަލާދިން ވަގުތު ޑަބްލިޔުއެޗްއޯގެ ވެރިޔާއާއި އެ މަނިކުފާނުގެ ޓީމު އެ އެއާޕޯޓުގައި އެވަގުތު ތިއްބެވި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
މި ހަމަލާތައް އަމާޒުކޮށްފައި ވަނީ ޔަމަނުގެ ސަނާ އެއާޕޯޓާއި އަސްކަރީ މަރުކަޒަކާއި އިންޖީނުގެއަކަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެގޮތުން ޔަމަނަށް ދިން މި ހަމަލާތަކުގެ ސަބަބުން 5 މީހަކު ޝަހީދުވެ، 17 މީހަކު ޒަޚަމްވެ، އަދި 3 މީހަކު ގެއްލިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އިސްރާއީލުން ވަނީ ސަނާ އެއާޕޯޓް ހޯލުގައި ތިބި ބަލިމީހުންގެ ގްރޫޕަކަށްވެސް ހަމަލާތައް އަމާޒުކޮށްފައި ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.
އަލްމަޔާދީން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުން ޔަމަންގެ ސަނާ އެއާޕޯޓަށް ހަމަލާދިން ވަގުތު ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް ގެބްރިޔޭސް އާއި އެ މަނިކުފާނުގެ ޓީމުވެސް އެ އެއާޕޯޓުގައި ތިއްބެވިއެވެ.
އިސްރާއީލުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ހަމަލާގައި އިސްރާއީލުގެ ފަޔަރ ޖެޓްގެ 100 ޖެޓު ބައިވެރިވެފައި ވެއެވެ.