ޗައިނާގެ ބިޔަ މަޝްރޫއުތަކާހުރެ އިލޯން މަސްކް ހާސްވެފާ

Loading

Facebook
Twitter
WhatsApp

އިންސާނާ ބޭނުންވާ ވަރަށް ދުވަހަކުވެސް މުއްސަނދިކަމެއް ނުލިބޭނެއެވެ. އަދި އެ އިންސާނާގެ ބާރު ހިނގާނަމަ އެހެން އިންސާނަކަށް އެއްޗެއް ލިބެންޖެހޭނީ އޭނާގެ އަތުން ފުރޭނިގެންނެވެ.    

                   

މީޑިއާގެ ޚަބަރުތަކަށް ބަލާއިރު މިހާރު 430 ބިލިއަން އެމެރިކާ ޑޮލަރުގެ މުއްސަނދި ކަމެއް ލިބިފައިވާ ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ފަޚްރުވެރި މަގާމުގައި ހުރި އިލޯން މަސްކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޗައިނާގެ ބޮޑެތި މަޝްރޫއުތަކުން އޭނާގެ މުއްސަނދިކަން އަދިވެސް އިތުރުކުރަން ހުރަސް އެޅިދާނެ ކަމުގެ ފިކުރުތަކެވެ.   

ޗައިނާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދުކަމަށާއި ކިތަންމެ މުއްސަނދި މީހަކު ވިޔަސް ފަރުދީގޮތުން ކުރިމަތިކޮށްފާނެ ހުރަސްތަކަކަށް ޗައިނާއިން ބޯ ގުދު ނުކުރާނެކަން ގަބޫލުކުރަން ޖެހޭނެއެވެ.              

ޗައިނާގެ މަގްސަދަކީ ދުނިޔޭގެ އޯރބިޓުގައި މިހާރު ދައުރުކުރަމުން ގެންދާ އިލޯން މަސްކުގެ 7000 ސްޓާރލިންކް ސްޕޭސް އެކްސް ސެޓެލައިޓްތަކުން ފޯރުކޮށްދޭ ވަރަށް ވުރެން މުއާސަލާތީގޮތުން ކުރިއަށް ދިއުމެވެ.          

ސްޓާރލިންކް ސްޕޭސް އެކްސް ގެ ސެޓެލައިޓްތަކުން ގެންދަނީ މިވަގުތު ދުނިޔޭގައި 100 ގައުމަކުން 5 މިލިއަން މީހުންނަށް މުއާސަލާތީ ޚިދުމަތް ފޯރުކޮށްދެމުންނެވެ. ސްޓާރލިންކުގެ އުންމީދަކީ ދާދި އަވަހަށް  މިހާރު އޯރބިޓް ކުރަމުން ގެންދާ އެކުންފުނީގެ 7000 ސެޓެލައިޓްގެ އަދަދު 42000 އަށް އިތުރު ކުރުމެވެ.             

ޗައިނާއިން ރާވަމުންގެންދަނީ މިހާރު ޖައްވުތެ ތިރީ ފަށަލައިގާ ދައުރު ކުރަމުންގެންދާ އެ ގައުމުގެ ކިއާންފޭން އާއި ގުއޯ ވޭންގް އަދި ހޮންގޫ-3 އަށް ވަރަށް އަވަހަށް އިތުރު 38000 ސެޓެލައިޓް އިތުރު ކުރުމަށެވެ.       

ޗައިނާއިން މިފަދަ ބޮޑު އިންވެސްޓްމެންޓަކަށް ދަނީ ކީއްވެގެންތޯ އުފެދޭ ސުވާލަށް ކާރނެގީ އެންޑަވްމެންޓް ފޯރ އިންޓަރނޭޝަނަލް ޕީސްގެ ފަރާޓުން ވާހަކަ ދެއްކި ސްޓީވް ފެލްޑިސްޓީން ބުނެފައިވަނީ ސްޓާރލިންކުން ދުނިޔޭގައި އިންޓަރނެޓްގެ ޚިދުމަތުން މަހްރޫމް ކުރެވިފައިވާ ސަރަހައްދުތަކަށް އެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ނަމުގައި ސްޓާރލިންކް ސްޕޭސް އެކްސް އިން ކުރަމުން ގެންދަނީ ބިރުވެރިކަމެއް ކަމުގައި ޗައިނާއިން ދެކެނީ ކަމަށެވެ. ޗައިނާގެ އަނެއް މަގްސަދަކީ އިންޓަރނެޓްގެ ޚިދުމަތްތައްވެސް ފޯރުކޮށްދެވެންޖެހޭނީ ސްޓާރލިންކް ސްޕޭސް އެކްސް ގެ ވިސްނުމާ ޚިލާފަށް ޒިންމާދާރުގޮތެއްގައެވެ. ސްޓާރލިންކް ސްޕޭސް އެކްސް އިން ބޭނުންވާ ގޮތަށް ބޭނުން ކޮންމެކަމެއް ކުރަން އިންޓަރނެޓްގެ ވަސީލާތް ދޫކޮށްލާފައި އޮތުމަކީވެސް ރައްކާތެރިގޮތެއް ނޫނެވެ.          

އޯބިޓަލް ގޭޓްވޭ ކޮންސަލްޓިންގެ ފައުންޑަރ ބްލެއިނޭ ކާރސިއޯ ދެކޭގޮޔުގައި ހުޅަނގުގެ ގައުމުތަކުން ޗައިނާގެ ސެޓެލައިޓްތަކުގެ ބޭނުން ކުރުން މަދުވާނެއެވެ. އެހެންނަމަވެސް އެހެން ގައުމުތަކުގައި ޗައިނާގެ ސެޓެލައިޓްތަކަށް ލިބޭ ތަރުހީބު ބޮޑުވުން ވަރަށްގާތެވެ.                                               

ޖަރުމަނުގެ އިންސްޓިޓިއުޓް ފޯރ އިންޓަރނޭޝަނަލް އެންޑް ސެކިއުރިޓީ އެފެއާރޒްގެ އެސޯޝިއޭޓް ޖޫލިއާނާ ސުއޭސް ބުނެފައިވަނީ އެފްރިކާ ބައްރުގައި  %70 އަށްވުރެން ގިނަ ފަރާތްތަކަށް މިހާރުވެސް އިންޓަރނެޓް ޚިދުމަތް ފޯރުކޮށްދެމުން ގެންދަނީ ޗައިނާގެ ވާވޭ ކުންފުނިންނެވެ. މިއަދު ހަނގުރާމައިގެ މައިދާންތައް ސެޓެލައިޓްގެ މައްޗަށް ބުރަވެފައިއޮތުން ވަރަށް ބޭނުމެވެ. ޗައިނާއިން ތަދުބީރު ކުރަމުން އެގެންދަނީ އެ މަގްސަދާ ދިމާލަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް