ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި އިސްތިއުފާ ދެއްވާކަން ހާމަކޮށް ފަޒުލް ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހޭދަކުރެއްވި މުއްދަތުގައި އޭނާއާ ދޭތެރޭ ކުރަމުންދިޔަ އަދި މިހާރު އެކި މަންސަތަކުގައި ކުރަމުންދާ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.
އެގޮތުން ފަޒުލް ވިދާޅުވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ ”ބިންވެރިޔާ“ ސްކީމާ ގުޅިގެން މިހާރު ކުރިއަށްދާ ތަހުގީގަށް ފުރުސަތު ދިނުމަށާއި ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އެ ތުހުމަތުތަކުގެ ހަގީގަތް ވީ އެންމެ އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ހާމަވުން އެދޭކަމަށާއި އެކަމުގެ ސަބަބުން ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ހުއްޓިފައި އޮތުމަށް ނޭދޭކަމަށް ފަޒުލް ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ ފަޒުލްގެ ސިޓީގައި ވަނީ ސަރުކާރަށް ކާމިޔާބަށް ވެސް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން އެޗްޑީސީއަށް އައްޔަން ކުރި ފަހުން މިހާތަނަށް ކުރެއްވި އެންމެހާ މުއާމަލާތްތަކަކީ ކުންފުނީގެ ބޯޑުގެ ނިންމުންތަކާއި ކުންފުނީގައި ހެދި ޕޮލިސީތަކުގެ އިމުގެ ތެރެއިން ކުންފުނީގެ މަސްލަހަތު އިސްކޮށްގެން ކުރެއްވި މުއާމަލާތްތަކެއް ކަމަށްވެސް ފަޒުލްގެ ސިޓީގައި ވިދާޅުވިއެވެ.
3 Responses
Varah baraabaru. Dhen kuda dhuvaskolheh kollaafa anekka anehthanah leema nimunee.
ވަކިވިޔަސް އަރެންގެ ގޯތި ކަލޭގެ ރައްޓެއްސަކައް ނުދޭކަމަކައްނުވާނެ
އިސްތިއުފާ ދިނުމުގެ ކުރިން ވަޒީފާއިން ވަކިކުރަން ޖެހޭ. އެއީ ތަހްޒީބު މުޖުތަމާ ތަކުގައި ރައްޔިތުންނާ ގުޅިލާމެހިފައި ހުންނަ އިސްމަގާމުތަކުގައި ތިބޭ މީހުންނާ ދޭތެރޭ ނުރަނގަޅު ތުހުމަތުތައް ކުރެވެން ފެށީމާ ކަންތައް ކުރާގޮތަކީ.