ގާނޫނާއި ޚިލާފްވެގެން ތިން ސިޔާސީ ޕާޓީއަކާމެދު ފިޔަވަޅުއަންނިންމައިފި

Loading

Facebook
Twitter
WhatsApp
Maldives News

ސިޔާސީޕާޓީގެ ގާނޫނާއި ޚިލާފްވެގެން ތިން ސިޔާސީ ޕާޓީއަކާމެދު ފިޔަވަޅު އެޅުމަށް އިލެކްޝަން ކޮމިޝަން (އީސީ)ން މިއަދު ނިންމައިފިއެވެ.

އީސީން ބުނީ ގާނޫނާއި ޚިލާފްވުމުގެ ސަބަބުން ފިޔަވަޅުއަޅަން ނިންމާފައި ވަނީ މޯލްޑިވް ޑިވެލޮޕްމަންޓް އެލަޔަންސް ( އެމްޑީއޭ) އާއި ދިވެހި ރައްޔިތުންގެ ޕާޓީ ( ޑީއާރުޕީ) އަދި މޯލްޑިވްސް ތާރޑްވޭ ޑިމްކްރެޓް (އެމްޓީޑީ) ކަމަށެށެވެ.

އީސީން ވަނީ އެ ކޮމިޝަނުން އަޅާ ފިޔަވަޅެއްގެ ގޮތުން އެމްޑީއޭ 50،000 ރުފިޔާއިން އަދިި އެމްޓޑީ30،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

އެމްޑީއޭ އާއި އެމްޓީޑީ ޖޫރިމަނާ ކޮށްފައިވަނީ އެ ޕާޓީތަކުގެ އަސާސީ ގަވައިދާ އެއްގޮތަށް ގައުމީ ބައްދަލުވުން ބާއްވައިފައި ނުވާތީކަމަށް އީސީން ހާމަކުރެއެވެ.

އެމްޑީއޭ އަކީ ރައްޔިތުންމަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ލީޑަރުކަންކުރައްވާ ޕާޓީއެކެވެ. އެމްޓީޑީ އަކީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އިސްވެހުންނަވައިގެން އުފެއްދި ޕާޓީއެކެވެ.

އަދި މީގެ އިތުރުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ލީޑަރުކަން ކުރައްވާ ޑީއާރުޕީން ވެސް ޕާޓީގެ ގައުމީ ޖަލްސާ ބާވައިފައިނުވާތާގައި އަސާސީ ގަވައިދުގައި ވާގޮތަށް އަހަރީ ރިޕޯޓާއި އޯޑިޓް ރިޕޯޓްވެސް އީސީއަށް ހުށަހަޅައިފައި ނުވާކަމަށް އެކޮމިޝަނުން ބުނެއެވެ.

ގަވާއިދުގައިވާ ކަންތައްކުރުމަށް އެކިފަހަރުމަތިން އިލެކްޝަން ކޮމިޝަނުން ޑީއާރުޕީއަށް އަންގި ނަމަވެސް  އެޕާޓީން އެ އެންގުންތަކަށް ތަބާވެފައިނުވާކަމަށް އެމިޝަނުންބުނެއެވެ.

“ މި ކަންތައްތައ އިސްލާހުކުރުމަށް އެޕާޓީއަށް ކޮމިޝަނުން ވަނީ އަންގާފައެވެ. އދި ދިވެހި ރައްޔިތުންގެ ޕާޓީއަށް އެކިފަހަރުމަތިން ނަސޭހަތާއި އިންޒާރު އަދި ފިޔަވަޅު އަޅާފައި ވާތީ އިތުރަށް އަޅަންހުރި އެންމެ ފަހުގެ ފިޔަވަޅާއި ބެހޭގޮތުން މަޝްވަރާކޮށް ބައްދަލުވުމެއް ބޭއްވުމަށް ވެސް ކޮމިޝަނުން ވަނީ ނިންމާފައެވެ“ އީސީގެ ބަޔާނުގައިވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް