މަސްތުވާތަކެތި ޓްރެފިކްކުރަން އުޅުން އަންހެނެއް 12 އަހަރަށް ޖަލަށް!

Loading

December 15, 2024
sandhaanu news
Facebook
Twitter
WhatsApp

ޑައިމޯފިން ޓްރެފިކް ކުރަން އުޅުނު އަންހެނަކު ބާރަ އަހަރާއި ހަމަސްދުވަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި 12 އަހަރަށް ޖަލައްލާން ހުކުމްކޮށްފައި ވަނީ ގދ. މަޑަވެލީ އުދަރެސްގޭ ސަހާ ވަހީދުގެ މައްޗަށެވެ.

މި އަހަރުގެ އޮގަސްޓު ހަތްވަނަ ދުވަހުގެރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސ. ގަމަށް ދިއުމަށް ޓާމިނަލުގެ ސެކިއުރިޓީ ޗެކިންއަށް ދިއުމުން، ލައިގެންހުރި ޖިންސުގެ ތެރެއިން ދެ ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.  

އެގޮތުން އެ ދެ ޕެކެޓުގައި 202.2 ގްރާމުގެ ޑައިމޯފިން ހުރި ކަމަށް ތަހުލީލު ރިޕޯޓުން ދައްކާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި މައްސަލައިގައި ސަހާ ވަހީދު ވަނީ ޝަރީއަތުގައި ދައުވާއަށް އިއުތިރާފުވެފައެވެ.

އެހެންކަމުން ޕީޖީއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ވަނީ އޭނާގެ މައްޗަށް 12 އަހަރާ ހަ މަސްދުވަހުގެ މުއްދަތަށް ޖަލަށްލައި، 50،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް