ދަނގެތި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް، 2025 ވަނަ އަހަރު ފައްޓަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

Loading

Facebook
Twitter
WhatsApp

އދ.ދަނގެތި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް، 2025 ވަނަ އަހަރު ފައްޓަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފިއެވެ.

ރައީސް މުޢިއްޒު ދަނގެތީގެ ރައްޔިތުންނަށް، މި ޔަޤީންކަންދެއްވީ އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން،ދަނގެއްޗަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް މަސައްކަތް ފަށާ ހިސާބުން އަހަރެއް ނުވަތަ ދޮޅު އަހަރުގެ ތެރޭގައި އެ މަސައްކަތްތައް މުޅިން ނިންމާލެވޭނެ ކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ދަނގެތީގައިވެސް މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އދ.ދަނގެއްޗަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލު އޮތީ ބިން ހިއްކައިގެން ކަމަށް ވާ އިރު، ފުރުޞަތު އޮތް މިންވަރަކުން 2025 ވަނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ފައްޓަވާދެއްވާނެ ކަމަށާ، ނޫން ނަމަ 2026 ވަނަ އަހަރަކީ، އދ. ދަނގެތީގެ ފަޅުތެރެއިން 27 ހެކްޓަރުގެ ބިން ހިއްކަވާދެއްވާ، ގޯތި ދޫކުރުމާއި ގެދޮރުވެރިކަމުގެ މަޝްރޫޢު ހިންގަވާދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް