އަލަތު ކައިވެންޏެއް ކުރި އެންމެ އުމުރުން ދުވަސްވީ ”ކަޕްލް“

Loading

Facebook
Twitter
WhatsApp

އަލަތު ކައިވެންޏެއް ކުރި އެންމެ އުމުރުން ދުވަސްވީ ދެމީހުންގެ ކައިވެނި ގިނިސް ވޯލްޑް ރިކޯޑްސް އިން ފާހަގަ ކޮށްފިއެވެ.

މި ކައިވެނި ކޮށްފައިވަނީ އެމެރިކާގެ ދެމީހުން ކަމަށްވާ، އުމުރުން 100 އަހަރުގެ ބަރނީ ލިޓްމަން އަދި 102 އަހަރުގެ މާޖޯރީ ފިޓަމަން އެވެ. ދެމީހުންގެ ކައިވެނި ގިނިސް ވޯލްޑް ރެކޯޑްސް ގެ ފަރާތުން ރިކޯޑް ކޮށްފައިވަނީ ޑިސެމްބަރު 3ވީ އަންގާރަ ދުވަހުއެވެ.މިދެމީހުންގެ ”ލަވް ސްޓޯރީ“ ފެށިފައިވަނީ ފިލަޑެލްފިޔާގެ މުސްކުޅިން ބަލަހައްޓާ ގެޔަކުންނެވެ.އެތަނަށް ދެމީހުންވެސް ބަދަލުވެފައިވަނީ ދެމީހުންގެ ގެވެސް ހަޔާތުގެ ބައިވެރިން މަރުވުމާއި ގުޅިގެންނެވެ.ނަމަވެސް މިއީ ދެވަނަ ފަހަރަށް ދެމީހުން ބައްދަލްވި ފަހަރެވެ.ދެމީހުން ވަނީ މީގެ އެތައް އަހަރެއްގެ ކުރިން ކިޔަވަން އުޅުނު ދުވަސްވަރު ޔުނިވަރސިޓީ އޮފް ފިލަޑެލްފިޔާ ޔުނިވަރސިޓީ ގައި އުޅުނު ދުވަސްވަރުވެސް ބައްދަލް ވެފައި ކަމަށް ވެއެވެ. ގުދްރަތުން ކަންތައް މެދުވެރި ކުރުވި ގޮތުން އަނެއްކާވެސް އެއްތަނަކަށް އާދެވި، ކެއާހޯމްގައި ބޭއްވުނު ކޮސްޓިއުމް ޕާޓީ އަކުން ދިމާވެފައިވެއެވެ.ދެވަނަ ބައްދަލް ވުމަށްފަހު ދެމީހުން އެކަކު އަނެކަކަށް އޮތް ލޯބި ހާމަވެގެން ގޮސްފައި ވާއިރު ދެމީހުންގެ ކައިވެނި ވެގެން ގޮސްފައިވަނީ ވަރަށް ވެސް އުފާވެރިކަމާއެކު ކަމަށް ވެއެވެ. ދެމީހުންގެވެސް މިހާރު އުމުރުން ދުވަސްވެފައިވާ އާއިލާގެ މެމްބަރުން ކައިވެނި ހަފްލާގައި ބައިވެރި ވެފައިވާއިރު އެތަނުން ފެނިގެން ދިޔައީ ހުނުމާއި އުފާވެރިކަމުގެ އިތުރުން އެދެމީހުންގެ ދެގޮތެއް ނުވި ގަދަފަދަ ލޯބި ކަމަށް ވެއެވެ.މިކައިވެންޏާއެކު ކުރިން މިކަމަށް އޮތް ރިކޯޑް ވަނީ މުގުރިފައެވެ. މި ކައިވެނިން ހާމަވެގެން ދާއެއްކަމަކީ އުމުރުން ދުވަސް ވިއެއްކަމަކު ތިމާ ހިތް އެދޭ ލޯބި އަދި އޯގާތެރި ހަޔާތުގެ ބައިވެރިޔަކު ލިބިދާނެކަމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް