މާލެ ސިޓީ ކައުންސިލުން، ގަލޮޅު ޕާކު މަރާމާތު ކުރުމަށްފަހު އަލުން ހުޅުވަން ނިންމައިފި

Loading

December 8, 2024
sandhaanu news
Facebook
Twitter
WhatsApp

މާލޭ ސިޓީ ކައުންސިލުން ގަލޮޅު ޕާކު މަރާމާތު ކުރުމަށްފަހު އަލުން ހުޅުވަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނީ ގަލޮޅު ޕާކު މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެ ޕާކު ތަރައްގީކުރުމުގެ ޕްލޭންގައި ހިމަނާނެ ކަންކަން ވަނީ ހާމަކޮށްފައެވެ.

އެގޮތުން ތްރީ-އޮން-ތްރީ ބާސްކެޓް ކޯޓަކާއި އައުޓްޑޯ ބެޑްމިންޓަން ކޯޓަކާއި ދުވާ ޓްރެކަކާއި ކުޑަކުދިން ކުޅޭނެ ހުސް ބިމެއް ހިމެނެއެވެ.

މީގެ އިތުރުން އައުޓްޑޯ ޖިމަކާއި އިވެންޓް ބާއްވަން ހާއްސަ ސަރަހައްދެއްވެސް އެ ޕާކުގެ ޕްލޭނިންގައި ހިމެނޭކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް