ރައްޔިތުންނާ މަޝްވަރާކޮށްގެން އެ ރަށެއްގެ ތަރައްޤީގެ ކަންކަން ބައްޓަން ކުރުމަކީ އެންމެ ރަނގަޅުގޮތް:ތޮއްޑޫ ކައުންސިލް

Loading

December 8, 2024
sandhaanu news
Facebook
Twitter
WhatsApp

ރައީސަކު އެރަށަކަށް ވަޑައިގެން އެ ރަށެއްގެ ރައްޔިތުންނާ މަޝްވަރާކުރައްވައިގެން އެ ރަށެއްގެ ތަރައްޤީގެ ކަންކަން ބައްޓަން ކުރެއްވުމަކީ އެރަށަކަށް އެންމެ ރަނގަޅު ގޮތްކަމަށް ދެކިވަޑައިގަންނަވާކަމުގައި ތޮއްޑޫ ކައުންސިލުން ފާހަގަކުރައްވައިފި އެވެ.

ތޮއްޑޫ ކައުންސިލުން މިކަން ފާހަގަކުރެއްވީ ތޮއްޑޫ ކައުންސިލްގެ އިދާރާގައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރި ތޮއްޑޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ޞިއްޙީ ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި، މިހާރަށްވުރެ ފެންވަރު ރަނގަޅު ޞިއްޙީ މަރުކަޒެއް ޤާއިމުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. ހަމައެހެންމެ ތޮއްޑޫގެ ސްކޫލުގެ ޖާގައިގެ ދަތިކަމާއި، ތޮއްޑޫގެ އިޤްތިޞާދު ރަނގަޅު ކުރުމަށް ފައިނޭންސް ލިބޭނެ އިތުރު އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އެ މަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށްގެންދަވާނެ ކަމުގައެވެ. އަދި ރަށުގެ މަގު ހެދުމުގެ މަޝްރޫޢުވެސް ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް