ތަރިކައިން ނުވަތަ އެނޫންވެސް ގޮތަކުން ތިމާއަށް ގެދޮރު އެޅުމަށް ނޫނީ އިޤްތިޞާދީ ނަފާ ލިބޭ ބިމުން އަކައިންޗިއެއް ވެސް އެހެން މީހަކަށް ތިމާމެން ދޭކަށް ބޭނުމެއް ނުވެއެވެ. މައިންބަފައިންގެ ގޯތި ދަރިންނަށް ތަރިކައިން ލިބޭ ލިބުމުގައި ދަރީންގެ ދެމެދުގައި އޮންނަ ވާދަވެރިކަން ފެނި ބައެއް ފަހަރު ހިތަށް އަރަނީ އެ ގޯތި ތެރޭގައި ހަނގުރާމައެއް ފެށޭނީ ކޮން އިރަކުން ބާއެވެ. އެހާވެސް ބިމުން ލިބޭ ބަޔާ މެދު ފާރަވެރި ވެއެވެ. މިކަން ވަރަށް ރަނގަޅަށް ތަރިކަ ބަހައިދޭ ކޯޓުގެ މައްސަލަތަކުގެ ތެރެއިން ފެންނާނެއެވެ. ހަމަ އެފަދައިން ދުނިޔޭގައި ދޭދޭ ޤައުމުތަކުގެ މެދުގައި ކުރެވޭ ހަނގުރާމަ ތަކަކީވެސް ދަނޑުގޮވާންކުރާ ބިންތައް، ޤުދުރަތީ މައުދަންތައް ހުރި ބިންތައް، ލަފާފުރާ ބަނދަރުތައް ހުރި ބިންތައް އަދި ވިޔަފާރި މަގުތައް ހުރި ބިންތައް ހޯދުމަށް ކުރެވޭ ހަނގުރާމަ ތަކެވެ.
ކުރިން ބުނިފަދައިން ކަންކަން ހުރި ކަމުގައި ވިޔަސް ތާރީޚީ ގޮތުން ފޯޅަވަހި އަތޮޅަކީ ދިވެހީންގެ ތަނެއްކަން އެނގޭ ހިނދުވެސް ދިވެހިރާއްޖޭގެ އިހުތިސާސް ނުވަތަ ޖޫރިސްޑިކްޝަން އަށް ބައެއް އިތުރު ވާކަށް ދިވެހީންގެ ތެރެއިން ބައެއް މީހުން ބޭނުމެއް ނުވެއެވެ. ފަހަރުގައި ފޯޅަވަހި ދޫކޮށްލަން އުޅޭ މީސްކޮޅު އިދިކޮޅު ޓީމުން ވަރުގަދަ ސައެއް ބެއްލެވީކަމަށް ވެދާނެއެވެ.
18 ވަނަ ޤަރުނުގައި ފަރަންސޭސިން ފޯޅަވަހީގެ ރަށްތައް އިސްތިއުމާރު ކުރިއިރު ދިވެހިރާއްޖޭގެ އޭރުގެ ވެރީންގެ އިހުތިސާސްގެ ތެރޭގައި ފެހެންދީބު ނުވަތަ ފޯޅަވަހި އޮތްކަމަށް ތާރީޚީ ލިޔުންތަކުން އެނގެން އެބަހުއްޓެވެ. އިނގިރޭސިންނަށް ފޯޅަވަހި ލިބުނީ 19 ވަނަ ޤަރުނަށް އަލިވިލުނު ހިސާބުންނެވެ. 1814 ގައެވެ. އެހެނަސް މިއަދާ ހަމައަށް އައި އިރުވެސް ފޯޅަވަހި ވަނީ ޑީކޮލޮނައިޒް ނުވަތަ އިސްތިއުމާރުގެ ކުރީގެ ޙާލަތަށް ރުޖޫޢަ ނުކޮށެވެ. އެ މައްސަލައާމެދު މިހާތަނަށް ގޮތެއް ނިމިފައި ނެތުމަކީ މިހާރު އައިސީޖޭ ނުވަތަ އިޓްލޮސްއިން ފޯޅަވައްސާމެދު ކުރެވޭ ކަންކަން ވޮއިޑް އެބް އިނީޝިއޯ ނުވަތަ އުފެދުމުގައި ބާޠިލް ކަންކަމަށް ވުމެވެ.
Colonization is the act of establishing control over a foreign area or people for the purpose of exploitation, trade, or settlement. It can also refer to the migration of people to settle in an inhabited or uninhabited area.
Decolonization is the process of dismantling the systems of oppression and control that one nation has over another nation’s people, land, and culture. It involves identifying and challenging the structures, relationships, and systems of colonialism.
18 ވަނަ ޤަރުނުގައި ފަރަންސޭސިން ފޯޅަވަހި އިސްތިއުމާރު ކުރި ދުވަސްވަރު އަދި 1968 ގައި މޮރިޝަސް ކިޔާ ދައުލަތެއް އުފެދުމުގެ މާކުރިން ދިވެހިރާއްޖެ ދައުލަތެއް ސިފައިގައި ހިނގަމުން އައެވެ. އެއީ، ދާއިމީ އާބާދީއެއް އޮތުމާ، ކަނޑައެޅިފައިވާ ޞަރަޙައްދެއް އޮތުމާ، ސަރުކާރެއް އޮތުމާ އަދި އެހެން ދައުލަތްތަކާއެކު ގުޅުން އުފެއްދުމުގެ ހައިޞިއްޔަތު އޮތުމެވެ. 1887 ގައި ދިވެހިރާއްޖެ ވެގެންދިޔައީ އިނގިރޭސިންގެ ހިމާޔަތުގައި އޮތް ޤައުމަކަށެވެ. އެއްވެސް ހާލެއްގައި އިނގިރޭސިން ދިވެހިރާއްޖެ އިސްތިއުމާރެއް ނުކުރެއެވެ.
https://www.lowyinstitute.org/the-interpreter/chagos-boundary-dispute-tips-over-sovereignty-ruling
މަތީގައިވާ ލިންކުން މިއެނގެނީ މޮރިޝަސް ޑީކޮލޮނައިޒް ކުރަންޖެހޭ ވާހަކައެވެ. މޮރިޝަސް ޑީކޮލޮނައިޒް ކުރާ ވާހަކަ ދެއްކުމަކީ ފޯޅަވަހި ދިވެހިރާއްޖެއަށް ނުދޭން ދައްކާ ބަހަނާ އެކެވެ.
2022 ވަނަ އޯގަސްޓް މަހު އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދިވެހިރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއް ކަމަށް އެއްބަސްވެ މޮރިޝަސްއަށް ސިޓީއެއް ފޮނުވުމުން ދިވެހިރާއްޖޭގެ ކުރީގެ ބަންޑާރަނާއިބު އަދި އޯޝަން ސްޓޭޓްސް: އާކިޕެލަޖިކް ރެޖީމްސް އިން ދަ ލޯ އޮފް ދަ ސީ ފޮތުގެ މުޞައްނިފު ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވެފައިވަނީ ”އަޅުގަނޑުމެންނާ ދޭތެރޭގައި މައްސަލައެއް ބަޔަކު ހުށަހަޅާފައި އޮއްވައި، އެމީހުންނާ އެ މައްސަލައިގަ ތާއީދުކޮށްގެން ނުކުންނަ މީހާ އަދި އޯކޭ އެއް ނޫން. މިއީތޯ އެކަން ޤަބޫލުކުރަންވީ ވަގުތަކީ؟ ދެން މިބޭފުޅުން ވިދާޅުވަނީ މިއީ ޑީކޮލޮނައިޒޭޝަން ކަމަށް. ބަލަ ޑީކޮލޮނައިޒޭޝަން އޮއްވައި ނޫންބާ ޓްރައިބިއުނަލްގަ އަޅުގަނޑުމެން ބަހުސްކުރީ. މިއީ ވަލު ދޮރޯށިން މޮރިޝަސް ވަދެގެން އެމީހުންގެ ސިޔާދަތު ކަށަވަރު ކުރަން އުޅޭ މައްސަލައެކޭ. ބަލަ އޭރު ކޮބާ ޑީކޮލޮނައިޒޭޝަން؟ ހަނދާން ނެތުނީ؟“ މިފަދައިންނެވެ.
އަޅުގަނޑުމެން ދިވެހީން ހެއަރާން ވެއްޖެ ނޫންތޯއެވެ. ދިވެހިރާއްޖެއަށް ކޮންމެ ފަހަރަކުވެސް ބޭރުގެ ބައެއްގެ ކިބައިން ހަމަލާއެއް އަންނަ ކޮންމެ ފަހަރަކު ދިވެހީންގެ ބަޔަކު އަޑީގައި ތިބޭކަމީ ވަރަށްވެސް ލަދުވެތިވާން ޖެހޭ ކަމެކެވެ. ތިމާމެންގެ އަމިއްލަ ޤައުމަށް ޣައްދާރު ވުމަކީ ކިހާވަރެއްގެ ގޮސްކަމެއްކަން ނޭނގެނީ ބާއެވެ. މިއަދު މަސައްކަތް ނުކޮށްފިނަމަ ދިވެހިރާއްޖޭގެ ދެކޮޅުން ކަމުންކަމުންގޮސް ދިވެހިރާއްޖެ ނެތި ހިނގައިދާނެއެވެ.
ޗާގޯސް އައިލެންޑްސްގައި ހިމެނޭ އެންމެ ބޮޑު ރަށް ކަމަށްްވާ ޑިއޭގޯ ގާސިއާ. ފޮޓޯޯ: orfonline.org
![]()

One Response
Foohi