އަލިމަސް ކާނިވަލުގެ ސްޓޭޖު ތަޅާލައި، އާ ސްޓޭޖެއް އަޅައިދޭނެ ބަޔަކު ހޯދަނީ

Loading

December 6, 2024
sandhaanu news
Facebook
Twitter
WhatsApp

އަލިމަސް ކާނިވަލުގެ ސްޓޭޖު ތަޅާލައި، އެތަނުގައި އާ ސްޓޭޖެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

އަލިމަސް ކާނިވަލުގެ ސްޓޭޖް ތަޅާލުމަށް ފަހު، އެތަނުގައި އާ ސްޓޭޖެއް އަޅައިދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަން ހާމަކޮށްފައި ވަނީ މާލެ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައެވެ.

ސިޓީ ކައުންސިލުން ބުނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހު 16 ގެ ކުރިން ބީލަން ހުށަހަޅަން ޖެހޭނެ ކަމަށާއި ބީލަން ހުޅުވުން ވެސް އޮންނާނީ ހަމަ އެ ދުވަހު، ސިޓީ ކައުންސިލްގެ އިދާރާގައި ކަމަށެވެ.

އެގޮތުން މި މަސައްކަތާ ހަވާލުވާ ފަރާތުން ކާނިވާގައި މިހާރު ހުރި ސްޓޭޖު ތަޅާލައި، އާ ސްޓޭޖުގެ ކޮންސެޕްޓް ޑިވެލޮޕްކޮށް، އިންޖީނިއަރިންނާއި ޑްރޯވިންގްސް ތައްޔާރުކޮށް ހުއްދަތައް ހޯދަންޖެހޭނެ ކަމަށާއި އާ ސްޓޭޖުގެ ސްޓްރަކްޗާ ހަދައި ފިނިޝިންގެ ހުރިހާ މަސައްކަތަކާއި އެ ސްޓޭޖުގެ އިލެކްޓްރިކް އަދި ޕްލަމްބިންގެ ހުރިހާ މަސައްކަތެއް ވެސް ކޮށްދޭން ޖެހޭނެ ކަމަށް ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނެފައި ވެއެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ދިވެހި ކުންފުނިތަކަށެވެ.

ކާނިވާ ސަރަހައްދަކީ ރާއްޖޭގައި ހިންގާ ބޮޑެތި ސިޔާސީ ހަރަކާތްތައް ހިންގާ މައިދާނެކެވެ. މިގޮތުން ރިޔާސީ ކެންޑިޑޭޓުންނަށް ރިޔާސީ ޓިކެޓު އެރުވުމާއި، ބޮޑެތި މުޒާހަރާތައް އެ ސަރަހައްދުގައި ބާއްވައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް