އިތުބާރުނެތްކަމުގެ ވޯޓަށްފަހު ފްރާންސްގެ ބޮޑުވަޒީރު ބާނިއާ މަޤާމުން އިސްތިއުފާ ދެއްވައިފި

Loading

December 6, 2024
sandhaanu news
Facebook
Twitter
WhatsApp

އިތުބާރުނެތްކަމުގެ ވޯޓަށްފަހު ފްރާންސްގެ ޕްރައިމް މިނިސްޓަރު މިޝެލް ބާނިއާ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
މިޝެލް ބާނިއާ ވަނީ ބުރާސްފަތި ދުވަހު ޕެރިހުގެ އެލިސީ ޕެލަސްގައި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންއާ ބައްދަލުކުރައްވައި އިސްތިއުފާ ހުށަހަޅުއްވާފައެވެ.


އެހެންކަމުން މިޝެލް ބާނިއާ ވެފައި މިވަނީ މި ފަހުން ފްރާންސްގެ ތާރީހުގައި އެންމެ ކުރު މުއްދަތެއްގައި ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއަށެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިތުރު ބޮޑުވަޒީރެއް އައްޔަނު ކުރެވުމާއި ހަމައަށް ބާނިއާ އާއި އެ މަނިކުފާނުގެ ވަޒީރުން މަޤާމުގެ މައްސޫލިއްޔަތު އަދާކުރައްވާނެއެވެ.
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން މިހާރު ބޭނުންފުޅުވެލައްވަނީ ވީ އެންމެ އަވަހަކަށް އާ ބޮޑުވަޒީރަކު އައްޔަނު ކުރެއްވުމަށެވެ.
ބާނިއާ މަގާމުން ވަކިވެވަޑައިގަތީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުދަ ދުވަހު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވޯޓު ދެއްވުމުންނެވެ.
މި ފިޔަވަޅު އަޅާފައި ވަނީ ފްރާންސްގެ މާލީ ޑެފިސިޓް ކުޑަކުރުމުގެ މަސައްކަތުގައި މަގުބޫލުކަން ނެތް ބަޖެޓް ބިލެއް ފާސްކުރަން ބާނިއާ މަޖުބޫރު ކުރުމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އެ ޕްލޭންގައި ޓެކްސް ބޮޑުކުރުމާއި 60 ބިލިއަން ޔޫރޯ (63.1 ބިލިއަން ޑޮލަރު) ގެ ހަރަދު ކުޑަކުރުމުގެ މަގުސަދުގައި 2025 ވަނަ އަހަރު އިގްތިސާދީ އުފެއްދުންތެރިކަމުގެ %5 އަށް ޑެފިސިޓް ގެނައުމަށް އަމާޒު ހިފާފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް