ކައިވެނި ހަފްލާއެއްގައި އަކްޝޭ ލަވަކިޔާ މަންޒަރު ވައިރަލްވެއްޖެ

Loading

December 6, 2024
sandhaanu news
Facebook
Twitter
WhatsApp

ބިޒީ ޝެޑިއުލެއްގައި މަސައްކަތް ކުރަމުންދިޔަ ނަމަވެސް ބޮލީވުޑްގެ ސްޕަ ސްޓާރް އަކްޝޭ ކުމާރް 57އ ކައިވެނި ހަފްލާއެއްގައި ބައިވެރިވެ، ލަވަކިޔާ މަންޒަރު ވައިރަލްވެއްޖެއެވެ.

އަކްޝޭ ކުމާރުގެ ފޭން ޕޭޖަކުން ދާދި ފަހުން ބޭއްވި ކައިވެނި ހަފްލާއެއްގައި އަކްޝޭ ލަވަ ކިޔާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ހިއްސާކޮށްފަ އެވެ. އެ ކައިވެނީގެ ހަފްލާގައި އަކްޝޭ ކިޔާފައި ވަނީ އޭނާގެ ފިލްމު “ސްޕެޝަލް 26” ގެ ލަވަ “މުޖް މޭން ތޫ” އެވެ. އަކްޝޭ އެ ލަވަ ހުށަހަޅާދީފައި މި ވަނީ މިދިޔަ ހަފްތާގައި ބޭއްވި ކައިވެނި ހަފްލާއެއްގައެވެ.

އެ ވީޑިއޯއިން އަކްޝޭ ފެނިފައި ވަނީ ކަޅު ކުލައިގެ އައުޓްފިޓެއްގައެވެ.

ވީޑިއޯ ފެށޭ އިރު އަކްޝޭ ސްޓޭޖުގައި އެއްއަތް ޖީބަށް ލައިގެން އަނެއް އަތުން މައިކް ހިފައިގެން ހުންނަ މަންޒަރު ފެނެއެވެ. އެއްވެ ތިބި މީހުން ތަރުހީބުދެމުން އަންނަ މަންޒަރާއެކު އަކްޝޭ “މުޖް މޭން ތޫ” އެ ލަވަ ކިޔަންފަށާފައި ވެއެވެ. އެއަށްފަހު ސްޓޭޖުގައި އިށީނދެގެން ތިބި ކައިވެނި ކުރި ދެ މީހުންގެ ފަހަތުގައި ހުރެ، ލަވަ ކުރިއަށް ގެންގޮސްފައި ވެއެވެ.

އަކްޝޭ އެންމެ ފަހުން ފެނިފައިވަނީ ކޮޕް ޔުނިވާސްގެ ފިލްމު ”ސިންގަމް އެގެއިން“ އިންނެވެ. އެ ފިލްމުގައި އޭނާ ވަނީ ވީރު ސޫރިޔާވަންޝީގެ ރޯލު އަލުން ކުޅެފައެވެ. ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އަޖޭ ދޭވްގަން، ކަރީނާ ކަޕޫރު ހާން، ރަންވީރު ސިންގް، ދީޕިކާ ޕަދުކޯން، ޓައިގާ ޝްރޮފް، އަރްޖުން ކަޕޫރު، އަދި ޖެކީ ޝްރޮފް ވެސް ފެނިގެން ގޮސްފައިވެއެވެ.

ދެން އެންމެ އަވަހަށް ރިލީޒް ކުރަން ހަމަޖެހިފައިވާ އަކްޝޭގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު ދެން ކުރިއަށް އޮތީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމް “ސްކައި ފޯސް” އެވެ. މި ފިލްމް ރިލީޒް ކުރަން ހަމަޖެހިފައި ވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް