ދުންފަތުން ދުރުހެލިވުމަށް ބޭނުންވާ ފަރާތްތަކަށް ސްޒޭޝަންގެ ހިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށްޓަކައި 1676ގެ ނަމުގައި ކުއިޓްލައިނެއް ގާއިމުކޮށްފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމްއެވެ.
“ ސިޒޭޝަންގެ ޚިދުމަތް ފަސޭހައިން ލިބޭނެގޮތް ހެދުމަށްޓަކައި ކްއިޓްލައިނެއް މިވަނީ ޤާއިމްކުރެވިފައި. މިއީ 24 ގަޑިއިރު ޚިދުމަތް ލިބޭގޮތަށް ޤައިމްކުރެވިފައިވ ާކުއިޓް ލައިނެއް. މިއަންނަ އާދިއްތަ ދުވަހުން ފެށިގެންމި މި ކުއިޓް ލައިންގެ ޚިދުމަތް އެޗްޕީއޭ މެދުވެރިކޮށް 24 ގަޑިއިރު ލިބިގެންދާނެ“ މިނިސްޓަރ ނާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމަށް އާދަވެފައިވާ ފަރާތްތަކަށް އެކަމާ ދުރުވާން ބާރުއެޅުމުގެ ގޮތުން ނިކޮޓިން ޕެޗާއި ގަމް ފަދަ ތަކެތި އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަން މިނިސްޓަރ ނާޒިމް ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި މިވަގުތު ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ގޮތުން ސެޒޭޝަންގެ ޚިދުމަތް މާލޭގައި ދެނީ 3 ހޮސްޕިޓަލަކުންނާއި ދަމަނަވެށިންނެވެ. އަދި އަތޮޅުތެރޭގެ 48 ތަނަކުން މި ޚިދުމަތް ލިބޭގޮތް ވަނީ ހަމަޖައްސާފައެވެ.