ދެކުނު ކޮރެޔާގައި މާޝަލް ލޯ ހިންގަން އުޅެ ކާމިޔާބުވާގޮތެއް ނުވި

Loading

Facebook
Twitter
WhatsApp


ދެކުނު ކޮރެޔާގައި މާޝަލް ލޯ ހިންގަން ރައީސް ޔޫން ސޮކް ޔޯލް ކުރެއްވި މަސައްކަތް ކާމިޔާބުވާގޮތެއް ނުވިއެވެ.ރައީސް މާޝަލް ލޯ ހިންގީކަމަށް އިއުލާން ކުރެއްވުމާއިއެކު އިދިކޮޅު ފަރާތްތަކުން ވަނީއެކަމާ ދެކޮޅުހަދާ މަޖިލީސް ކުރާގޭ ދޮށަށް އެއްވެފައެވެ.އަދި އިދިކޮޅު މެމްބަރުން ވަނީ ރައީސް މަގާމުން ވަކިރުމަށް މަޖިލީހަށް މޯޝަން އެއް ވައްދާފައެވެ.


މާޝަލް ލޯ ހިންގީ ކަމަށް އިއުލާން ކުރެއްވިތާ ދެގަޑިއިރުވެސް ނުވަނީސް ރައީސް ވަނީ އެކަން ބާތިލް ކުރެއްވިކަން އިއުލާން ކުރައްވާފައެވެ. ރައިސް ވިދާޅުވި ގޮތުގައި މާޝަލް ލޯ ހިންގީ އަވަށްޓެރި އުތުރުކޮރެޔާގެ ކޮމިޔުނިސްޓް ބާރުތަކުގެ ނުފޫޒުން ގައުމު ހިމާޔަތް ކުރުމަށެވެ.އަދި އިދިކޮޅު ހަރަކާތްތައް މަތަކުރުމަށެވެ.
އުތުރުކޮރެޔާ ގެ ނަން ގެންނަވާފައިވީނަމަވެސް ހަގީގަތުގައި މާޝަލް ގާނޫނު ހިންގަން އުޅުއްވީ އެތެރޭގެ ފިއްތުއްތަކާ އަދި އެތައް ބައިވަރު ”ސްކެންޑަލް“ ތަކެއް ހިގާފައިވާތީ ކަމަށް ޚަބަރުތައް ބުނެއެވެ.
މާޝަލް ލޯ ހިންގީ ކަމަށް އިއުލާން ކުރެއްވުމާއިއެކު އިދިކޮޅު މެމްބަރުން ބެރިކޭޑް ތައް ފޫއަޅުވާލުމަށްފަހު ނެޝަނަލް އެސެމްބްލީ އަށް ވަދެ ރައީސް ގެ ނިންމެވުން ބްލޮކް ކޮށްލުމަށް ވޯޓުދީފައި ވެއެވެ.މިވޯޓާ އެކު ރައީސް ވަނީ ކުރީގެ ނިންމެވުން ބާތިލް ކުރައްވާފައެވެ.
މާޝަލް ލޯ ހިންގީ ކަމަށް އިއުލާން ކުރެއްވުމާއިއެކު ރައީސް ޔޫން ސޮކް ޔޯލް އިއުލާން ކުރެއްވުމާއި އެކު ރައީސް އޮފީހުގެ އިސް މުވައްޒަފުން އިސްތިއުފާ ދިނުމަށް ހުށަހެޅިކަމަށް ވެއެވެ. ނަމަވެސް އިސްތިއުފާތައް ރައީސް ގަބޫލު ކުރެއްވި ކަމެއް އަދި ނޭގެއެވެ.
ކުރިޔަށް އޮތް ދުވަސް ތަކުގައި ވޯޓުލާން ހަމަޖެހިފައިވާ ރައީސް މަގާމުން ވަކިކުރުމުގެ މޯޝަން އިދިޅު މެމްބަރުން ކާމިޔާބް ކޮށްފިނަމަ ރައީސް އާ ދެކޮޅަށް ކޮންސްޓިޓިއުޝަނަލް ކޯޓަށް މައްސަލަ ހުށަހެޅޭނެއެވެ.
ވޯޓުކާމިޔާބް ވުމަށް 200 މެމްބަރުންގެ ތާއީދު ބޭނުންވެއެވެ.އިދިކޮޅުން އެކަނި މިއަދަދު ގާތްގަޑަކަށް ހަމަވެފައިވާއިރު ރައީސްގެ އަމިއްލަ ޕާޓީގެ އެތައް މެމްބަރުންނެއްވެސް ވަނީ ރައީސް ގެ ނިންމެވުމާއި ދެކޮޅަށް ތެދުވެފައެވެ.އެހެން ކަމާއިއެކު އަދަދު ހަމަވާނެ ކަމަށް ދަނީ ބެލެމުންނެވެ.
ދެކުނު ކޮރެޔާގެ އެކި ސްޓޭޓް ތަކުގައި މިއަދު ދަނީ ސަރުކާރާ ދެކޮޅު އެއްވުންތައް ބާއްވަމުން ކަމަށް ޚަބަރުލިބެއެވެ. އަދި ރައީސް އިސްތިއުފާދެއްވަންދެން އިހުތިޖާދް ތައް ކުރިޔަށް ގެންދާނެ ކަމަށް މައި ލޭބަޔޫނިއަނުންވެސް ބުނެފައި ވެއެވެ.
އިދިކޮޅުގެ ވޯޓު ކާމިޔާބުވެ، ރައީސް މަގާމުން ވަކިވެއްޖެ ނަމަ ވަގުތީ ގޮތުން ރައީސްކަމާ ހަވާލުވެވަޑައިގަންނަވާނީ ޕްރައިމިނިސްޓަރެވެ. ކޮންސްޓިޓިއުޝަނަލް ކޯޓުން އެސެމްބަލީގެ ނިންމުން ބަލައިގެންފިނަމަ ރައީސް ރަސްމީކޮން މަގާމުން ވަކިވާނެއެވެ.އަދި 60 ދުވަހުގެ ތެރޭގައި އިންތިޚާބް ބާއްވަން ޖެހެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް