ރައްޔިތުންގެ ޙާލުއަޙުވާލު ބެލުމަކީ ސަރުކާރުގެ ޒިންމާއެއް

Loading

Facebook
Twitter
WhatsApp
ފޮޓޯ:ދިރާގު

ރައްޔިތުންގެ ޙާލު އަޙުވާލު ބެލުމަކީ ސަރުކާރުގެ ހެޔޮފުޅުކަމުން ކުރަންޖެހޭ ކަމެއް ނޫނެވެ. ރައްޔިތުން ތިބީ ކޮންޙާލެއްގައި ތޯއާއި ރައްޔިތުން ތިބީ ކައިބޮއި އޮނު އޮރިޔާން ނިވައި ކޮށްގެންތޯ ބެލުމަކީ ސަރުކާރުގެ މައްޗަށް އޮތް ވާޖިބެކެވެ. ރާއްޖޭގެ އާބާދީގެ ކޮންމެ ދިހަމީހުންގެ ތެރެއިން އެކަކީ ފަގީރެކެވެ. އެހެން ކަމުން އެ އެންމެން ދެނެގަނެ އެ ރައްޔިތުން ތިބީ ކޮންޙާލެއްގައިތޯ ބަލާ އެ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައި ދިނުމަކީ ސަރުކާރުގެ މައްސޫލިއްޔަތެކެވެ.އަދި ދީނީ ވާޖިބެއްވެސް މެއެވެ.

 މިސާލަކަށް 65 އަހަރު ނުވާ ދެއަނބިން ނުކުޅެދޭ ޙާލުގައި ތިބިއިރު  65 އަހަރުވީ ބައްޕަ އޮތީ އެނދުމަތިވެފައެވެ. ބައްޕަ އާއި ތަންމަތިވެފައި ތިބި ދެއަނބިން ބަލަން ހުރީ ހަމަ އެކަނި ފިރިމީހާއެވެ. ތިބެނީ ސަރުކާރުން ދީފައި ހުންނަ ފުލެޓެއްގައެވެ. އެފުލެޓްގެ ކުލި ނުދެއްކެއެވެ. ކަރަންޓްބިލާއި ފެންބިލް ވެސް ދެއްކޭނެ ގޮތެއް ނެތެވެ. ފިރިމީހާއަށް ވަޒީފާ އަދާކުރެވޭނެގޮތެއް ވެސް ނެތެވެ.

އެއީ އެނދުމަތިވެފައިވާ ބައްޕައާއި އަމިއްލައަށް އެއްވެސް ކަމެއް ނުކުރެވޭ ބަލި ދެއަނބިން ބަލަހައްޓަން ހުރީ ހަމައެކަނި ފިރިމީހާ ކަމަށް ވީތީއެވެ.

  ސުވާލަކީ މި ހަތަރު ރައްޔިތުން ދިރިއުޅޭނީ ކިހިނެއް ތޯއެވެ. ކައިބޮއި އޮނުއޮރިޔާން ނިވައިކޮށް ކަރަންޓްބިލާއި ފެންބިލްގެ އިތުރުން ފުލެޓްގެ ކުލި ދައްކާނީ ކިހިނެއް ތޯއެވެ.  މިއެންމެންނަކީ ވެސް ދައުލަތުގެ ޚާއްޞަ އެހީ ލިބުން ޙައްގު ބަޔަކަށް ވާނެތޯއެވެ. މިސާލަކަށް 65 އަހަރު ނުވާތީ އެކަކަށް ހަހާސް ރުފިޔާ 65 އަރުވީ ބައްޕައަށް 8000ރުފިޔާ އަނެކަކަށް ތިންހާސް ރުފިޔާއާއި ފިރިމީހާއަކީވެސް ނުކުޅެދޭމީހަކަށް ވީތީ ލިބޭ ފަސްހާސް ރުފިޔާ އާއި އެކުޖުމްލަ ބާވީސް ހާސް ރުފިޔާ ޢިނާޔަތާއި އެލަވަންސްގެ ގޮތުގައި ލިބެއެވެ.

 މިދެންނެވި ބާވީސް ހާސް ރުފިޔާއިން ފުލެޓް ކުށްޔަށް ހަތްހާސް ރުފިޔާ ދައްކައެވެ. ފެންބިލަށާއި ކަރަންޓް ބިލަށް ހަތަރުހާސް ފައްސަތޭކަ ރުފިޔާއާއި އެކު ލިބޭ ބާވީސްހާސް ރުފިޔާއިން އެގާރަހާސް ފައްސަތޭކަރުފިޔާ ހޭދަ ކުރަނީ މިދެންނެވި އަސާސީ ޚިދުމަތަށެވެ. އަދި ކުނީގެ ބިލަށް ދުއިސައްތަ އަށްޑިހަ ރުފިޔާ ދެއްކުމަށް ފަހު ބަކީ އޮތީ ދިހަހާސް ދުއިސައްތަ ވިހިރުފިޔާއެވެ. ކައްކާނެ މީހަކު ނެތުމުން ކާއެތިކޮޅު ގަންނަން ޖެހިފައިވަނީ ހޮޓާތަކުންނެވެ. ހަތަރު މީހުންގެ ކެއުމަށް ރެޔަކާ ދުވާލު ހަތަރު ސަތޭކަ އަށްޑިހަ ރުފިޔާ ހޭދަވެއެވެ. އެހެން ކަމުން މަހެއްގެ މައްޗަށް ހަމައެކަނި ކެއުމަށް އެވްރެޖްކޮށް ސާދަހާސް ރުފިޔާ ހޭދެވާއިރު ހަތަރު ފަސްހާހެއްހާ ރުފިޔާ މަހެއްގެ މައްޗަށް އަންނަނީ ދަރަނިވެރި ވަމުންނެވެ.

 އަދި މިއިން ކޮންމެމީހަކީ ދެއިރު ދެދަޅަޔަށް ހަސްފަތާލަށް ގެންދަން ޖެހިފައިވާ މީހުންނެވެ. އެހެން ކަމުން އެބިއުލާންސްގެ ކުއްޔަށް މަހަކު އެގާރަސަތޭކަ ރުފިޔާ ޚަރަދު ވެއެވެ. ގޭތެރެ ކުނިކަހާ މޮޕްކޮށް ފޮޅާސާފުކޮށް ބަލަހައްޓައިދޭ މީހާއަށް މަހަކު ހަތަރުހާސް ރުފިޔާ ވެސް ދޭން ޖެހެއެވެ.

ކަން މިހެން ހުރިއިރު މިއިން މީހަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިނަމަ ބަލިމީހާގެ ގާތުގައި އެހީތެރިއެއް ބެހެއްޓުމަށް ދުވާލަކު އެއްހާސް ނޫނީ ފަނަރަސަތޭކަ ދޭން ޖެއެވެ. އެހެންކަމާއެކު ސަރުކާރުން މިފަދަ ނިކަމެތި އަޅާލާނެ ފަރާތެއް ނެތް ބަލިމީހުންގެ ޙާލަތު ދެނެގަނެ އެފަރާތްތަކަށް އިތުރު އެހީ ލިބޭނޭ ޚާއްސަ ވަސީލަތެއް އިންތިޒާމް ކުރާން ޖެހޭނެ ކަމަށް ދެކެމެވެ.



Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް