ކެނެޑާ، މެކްސިކޯ، އަދި ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ބޮޑު ޓެކްސްތަކެއް ނަގާނެކަމުގެ އިންޒާރު އެ ޤައުުމުގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
އެމެރިކާގެ އިންތިހާބީ ރައީސް ހާމަކުރެއްވި ގޮތުގައި އާ ޓެރިފްގެ ބޭނުމަކީ އެމެރިކާއަށް މަސްތުވާތަކެއްޗާއި ހިޖުރަވެރިން ހިޖުރަކުރުން ”ކޮންޓްރޯލް“ ކުރުން ކަމަށެވެ.
ޓްރަމްޕް މިކަންހާމަކުރައްވާފައިވަނީ އެ މަނިކުފާނުގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތްގައެވެ.
އެގޮތުން ޓްރަމްޕް ރާވާފައި ވަނީ މެކްސިކޯ އާއި ކެނެޑާގެ ހުރިހާ އުފެއްދުމަކުން %25 ޓެރިފެއް ނަގަން ކަމަށާއި، ޗައިނާއިން އަންނަ މުދަލުން %10 އިތުރު ޓެރިފް ނަގަން ނިންމާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
”ޖެނުއަރީ 20 ވަނަ ދުވަހުން ފެށިގެން އެމެރިކާއަށް އަންނަ ހުރިހާ އުފެއްދުމަކުން، އޯޕަން ބޯޑަރުން %25 ޓެރިފް މެކްސިކޯ އާއި ކެނެޑާއިން ނެގުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއްގައި ސޮއިކުރާނަން،“ ޓްރަމްޕް އޭނާގެ ޓްރޫތްގައި ލިޔުއްވާފައިވެ އެވެ.
މީގެ އިތުރުން މެކްސިކޯ މެދުވެރިކޮށް އެމެރިކާއަށް ގަވާއިދާ ހިލާފަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ޗައިނާއިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނެ ޓްރަމްޕް ވަނީ ޗައިނާއަށް ފާޑު ވިދާޅުވެފައެވެ. އެ ތިން ޤައުމުން އެތެރެކުރާ މުދަލުން ޓެރިފް ނަގާނެކަން ޓްރަމްޕް ހާމަކުރައްވާފައިވާއިރު މިއީ އޭނާގެ ފުރަތަމަ ދައުރުގައި ނަގާފައިވާ ޓެރިފްތަކަށްވުރެ މާ ބޮޑު އަދަދެކެވެ.
މިވަގުތު އެމެރިކާގެ އިންތިޚާބީ ރައީސްގެ ގޮތުގައި ހުންނެވި ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ، 20 ވަނަ ދުވަހުއެވެ.
އެމެރިކާގެ އުފެއްދުންތެރިކަން އިތުރުކުރެވޭނެ އެއް ގޮތަކީ އިމްޕޯޓްކުރާ މުދަލުން ޓެރިފް ނެގުމެވެ.