އެކްސްޕޯޓް ކުރުން މަނާ އެވިއޭޝަން އާލާތްތަކެއް ރަޝިޔާއަށް އެކްސްޕޯޓް ކުރަން ރޭވި އިންޑިޔާ މީހަކަށް ދައުވާކޮށްފި

Loading

November 24, 2024
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

އެކްސްޕޯޓް ކުރުން މަނާ އެވިއޭޝަން ”ކޮމްޕޯނަންޓް“ ތަކެއް ރަޝިޔާ އަށް އެކްސްޕޯޓް ކުރަން ރާވައިގެން އިންޑިޔާ މީހަކަށް ދައުވާކޮށްފިއެވެ. އެވިއޭޝަން އާލާތްތަކުގެ އިތުރުން ނެވިގޭޝަން އަދި ފްލައިޓް ކޮންޓްރޯލް ސިސްޓަމެއް އެކްޕޯޓް ކުރަން އުޅުނުކަމުގެ ދައުވާވެސް އުމުރުން 57 އަހަރުގެ ސަންޖޭ ކައުޝިކްގެ މައްޗަށް ކޮށްފައިވެއެވެ.

އޭނާ މިތަކެތި ރަޝިޔާއަށް އެކްސްޕޯޓް ކުރަން އުޅުނީ އެމެރިކާގެ އޮރިގަން ސްޓޭޓުން އިންޑިޔާ މަގުންނެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައިވާ ގޮތުގައި ދޮގުމައުލޫމާތު ދިންކަމުގެ ދައުވާވެސް ކައުޝިކްގެ މައްޗަށް ވަނީ އުފުލާފައެވެ.

ކައުޝިކް ހައްޔަރު ކޮށްފައިވަނީ އެރެސްޓް ވޮރަންޓް އެއްގެ ދަށުން އޮރިގަން ޑިސްޓްރިކްޓުން އޮކްޓޯބަރު 17 ވަނަ ދުވަހުއެވެ.

ކައުޝިކް އައީ 2023 މާޗްމަހުން ފެށިގެން އެއިރޯ ސްޕޭސް މުދާއަދި ޓެކްނޮލޮޖީ ގަވާއިދާއި ޚިލާފަށްރަޝިޔާގެ ބައެއް ކުންފުނި ތަކަށް ފޯރުކޮށް ދިނުމަށް ރާވަމުންނެވެ. އަދި ބައެއްމުދާ ގަނެފައިވެސް ވެއެވެ. އެއީ ރަޝިޔާއިން ޔުކްރޭނަށް އަރައިގަތްތާ އެއް އަހަރު ފަހުންނެވެ.

މި އާލާތް ގަތީ ހަނގުރާމައިގައި ބޭނުން ކުރަން ކަމަށް ގަބޫލު ކުރެވެއެވެ.

މި ކުށް ކައުޝިކްގެ މައްޗަށް ސާބިތުވެއްޖެ ނަމަ 20 އަހަރު ދުވަހުގެ ޖަލުހުކުމެއް އައުން އެކަށީގެން ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް