އިސްރާއީލުން ސީރިއާގެ ޕަލްމައިރާއަށް ދިން ބޮމުގެ ހަމަލާތަކުގައި 36 މީހަކު ޝަހީދުކޮށްލައިފި

Loading

Facebook
Twitter
WhatsApp

އިސްރާއީލުން ސީރިއާގެ ޕަލްމައިރާއަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއްދީ 36 މީހަކު ޝަހީދުކޮށްލައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިސްރާއީލުން ވަނީ ސީރިއާގެ ޕަލްމައިރާ ސަރަހައްދުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއްދީފައެވެ.

އެގޮތުން މިއަދު މެންދުރު ފަހު ސީރިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕަލްމައިރާގައި އެތައް ގޮވުންތަކެއް ގޮވުމުގެ އަޑު ވަނީ އިވިފައެވެ.

އޭގެ ފަހުން އެ މީޑިއާތަކުން އިތުރަށް ބުނީ އިސްރާއީލުން އެ ސަރަހައްދުގައި މީހުން ދިރިއުޅޭ އިމާރާތްތަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ.

ޕަލްމައިރާއަށް މިއަދު ދިން ޙަމަލާތަކުގައި 36 މީހަކު ޝަހީދުކޮށްލާފައި ވާއިރު،50 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ސީރިޔާގެ ދައުލަތުގެ މީޑިއާއިން ބުނެފައިވެއެވެ.  

މީގެ އިތުރުން މި ހަމަލާތަށް އަމާޒުކުރެވިފައިވާ އިމާރާތްތަކަށާއި ވަށައިގެންވާ ސަރަހައްދަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މީޑިއާތަކުން ހާމަކޮށްފައި ވެއެވެ.

އިސްރާއީލުން ސީރިއާގައި އީރާނާ ގުޅުން ހުރި ޖަމާއަތްތަކާ ގުޅުން ހުރި އަސްކަރީ ތަންތަނާއި ފެސިލިޓީތަކަށް އަންނަނީ ހަމަލާދެމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް