ނިއުޔޯރކްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

Loading

Facebook
Twitter
WhatsApp

ނިއުޔޯރކް އާއި ނިއުޖާރސީ ގުޅޭ ސަރަހައްދުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.

ނިއުޔޯރކް އާއި ނިއުޖާރސީ ގުޅޭ ސަރަހައްދުގައި މި މަހު 8 ވަނަދުވަހު ރޯވި އަލިފާންގަނޑު މިދިޔަ އާދީއްތަ ދުވަހު މާބޮޑަށް ފެތުރި މިހާތަނަށް 160 ގެއަކުން މީހުން ހުސްކުރަން ޖެހުނު ކަމަށް ޔޫއެސް އޭ ޓްޑޭ އިން ވަނީ ޚަބަރު ދީފައެވެ. އެ ސަރަހައްދުގައި ދިރިއުޅެމުންގެންދާ މީހުން އަމިއްލައަށް ސަރަހައްދު ދޫކޮށް ދިއުން އިޚްތިޔާރު ކުރުމުގެ ސަބަބުން އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅޭ ޓީމުތަކުން އަލިފާން ނިއްވުމަށް މަގުފަހިވެގެންދިޔައެވެ.

                                                     

އަލިފާން ނިއްވުމުގެ މަސައްކަތް ކުރާޓީމުތަކުން ލަސްނުކޮށް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިގަތުމުގެ ސަބަބުން އެއްވެސް އިމާރާތަކަށް ގެއްލުން ނުލިބޭކަމަށް ނިއުޔޯރކުގެ ވޯރވިކް އަވަށުގެ ސުޕަރވައިޒަރަކު ފޭސްބުކްގައި ޕޯސްޓްކޮށްފައި ވެއެވެ. 

އޯރެންޖް ކައުންޓީ ސްޓޭޓުގެ އިމަރޖެންސީ އަދިވެސް ވަނީ ދަމަހައްޓާފައެވެ. އެހެން ސަރަހައްދުތަކުގެ ރައްޔިތުން އެނބުރި އައުން މިހާރުވަނީ ހުއްދަ ދީފައެވެ.

ނޮވެމްބަރ 8 ވަނަ ދުވަހު ރޯވާން ފެށި މި އަލިފާން ފަސްހާސް އޭކަރުގެ ބިން ވަނީ އަންދާލާފައެވެ. އެހެންނަމަވެސް ރޯވެފައިވާ އަލިފާންގަނޑުގެ %90 މިހާރު އެއްކޮށް ނިއްވާލެވިއްޖެއެވެ.

އަލިފާންގަނޑު ނިއްވާލުމުގައި ހަރަކާތްތެރިވެފައި ވަނީ ނިއުޔޯރކުގެ އެއަރ ނޭޝަނަލް ގާރޑުންގެ ހެލިކޮޕްޓަރ ތަކާއި އަދި ނިއުޔޯރކް ސްޓޭޓް ޕާރކް ފުލުހުންނެވެ. ވާރޭ ނުވެހުމުގެ ސަބަބުން އަލިފާން ނިއްވުމަށް ހުރަސްތަކެއް މެދުވެރިވިއެވެ. އަދި މިހަފުތާ ނިމެންދެން މޫސުމަށް އެއްވެސް ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

ނިއުޔޯރކުގެ ދެކުނު ސަރަހައްދުތަކާއި މުޅި ނިއުޖާރސީ އަށް ކުރިމަތިވެފައިވާ ހަނަފަސްކަމުގެ ސަބަބުން ކުރިއަށް އޮތްތަނުގައިވެސް ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

މި ހުސްވި އޮކްޓޯބަރ މަހުގެ 29 ވަނަދުވަހުން ފެށިގެން މި ހިނގާ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހާ ހަމަޔަށް ކުއްލިއަކަށް ރޯވަމުންދިޔަ 229 އަލިފާންގަނޑު ނިއްވާލަން ޖެހުނުކަމަށްވެސް ނިއުޔޯރކް ފަޔަރ ޑިޕާރޓްމެންޓުން ބުނެފައިވެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް