ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ޕާޓީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ ) އުފެއްދެވުމުގައި އިސްކޮށް މަސައްކަތް ކުރެއްވީ އެއް ބޭފުޅެއް ކަމުގައިވާ މުޙައްމަދު ޒަކީ (ނަޒާކީ ޒަކީ) އިސްކޮށް ހުންނަވައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށްޓަވައިފިއެވެ.
”މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ“ (އެމްސީޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމުގެ ހުއްދަ ގ.ކްރެބްޓްރީ، ޢަލީ އަޙްމަދަށް މި މަހުގެ 14 ވަނަ ދުވަހު ވަނީ އިލެކްޝަންސް ކޮމިޝަނުން ވަނީ ދެއްވާފައެވެ. އެގޮތުން، އެ ޕާޓީ އުފެއްދުމަށް ބޭނުންވާ ތިންހާސް މީހުންގެ ސޮއި ހޯދުމަށާއި، ޕާޓީ އުފެއްދުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރިއަށް ގެންދިއުމުގެ ހުއްދައާއެކު އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މީހުންގެ ފޯމު އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމަށް ތިން މަސް ދުވަހުގެ މުހުލަތެއް ވަނީ ދީފައެވެ.
މި ޕާޓީ އުފެއްދުމާ ގުޅޭ ގޮތުން ޒަކީ ވިދާޅުވީ މިއީ ދިވެހި ސިޔާސީ މައިދާނުގައި 30 އަހަރުގެ ތަޖުރިބާއާއެކު، ގަބޫލުފުޅުކުރެއްވޭ ހެޔޮލަފާ ސިޔާސަތުތަކެއް ގައުމަށް ހޯދުމުގެ މަގުސަދުގައި، ސިޔާސަތާއި ބެހުމަށް ހައްދަވާ ސިޔާސީ ޖަމާޢަތެއް ކަމަށެވެ.
ނަޒާކީ ޒަކީ ވިދާޅުވި ގޮތުގައި އެމަނިކުފާނު ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވީ ގިނަ އެކުވެރީންތަކެއްގެ އެދުމުގެ މަތީންކަމުގައެވެ. އަދި އެގޮތަށް ނިންމެވީ ރައްޔިތުންގެ އިޙުސާސްތަކަށް އިޙުތިރާމްކުރާ އަދި ރައްޔިތުން އެދޭ ގޮތަށް ދޮގުގެ މައްޗަށް ދޮގު ނުހަދާ ގައުމު ހިންގައިދޭން މަސައްކަތް ކުރާ ބަޔާކާއިއެކު ގުޅިގެން ރައްޔިތުންގެ ޕާޓްނަރޝިޕް އޮވެގެން މަސައްކަތް ކުރުމަށެވެ.
ނަޒާކީ ޒަކީއަކީ ގައުމު ސުލްޙަމަސަލަސްކަމާއި ޑިމޮކްރަސީގެ އުސޫލުތައް ފާލުން ނެއްޓޭ ކޮންމެ ފަހަރަކު ރައްޔިތުންގެ ޙައްގަށް ވަކާލާތުކޮށް ގައުމު ދަތުރުކުރާ މިސްރާބު ރައްޔިތުން އެދޭ ގޮތަށް ބަދަލު ކުރެއްވުމަށް އެތައް ފަހަރެއްގެ މަތިން މަސައްކަތް ކުރެއްވި ގައުމީ ބަތަލެކޭ ދެންނެވުމުން ކުށަކަށް ނުވާނެއެވެ.
ޒަކީއަކީ ގައުމާއި ރައްޔިތުންނަށްޓަކާ ވަރަށް އިޚުލާޞްތެރި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އަދި މިހާރުވެސް އެމަސައްކަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ޒަކީއަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނެސްދިނުމަށާއި ރާއްޖޭގައި އޭރު އޮތް އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ޖާނާއި މާލުން ގުރުބާންވީ ރައްޔިތުންދެކެ ލޯބިވާ ބޭފުޅެކެވެ.
މަޝްހޫރު ނަޒާކީއަކީ 1989 ވަނަ އަހަރުތަކު ތެރޭގައި ރާއްޖޭގައި އުފެދުނު ބޮޑު މަހުޖަނެއް ކަމުގައިވެސް ދެންނެވިދާނެއެވެ. ނަމަވެސް އޭރު އޮތް ސަރުކާރުން ނަޒާކީގެ އެންމެހާ ވިޔާފާރިއެއް ހުއްޓުވައި ހުއްދަތަށް ބާތިލުކޮށް ބަނގުރޫޓް ކޮށްލީއެވެ. އަދި ޒަކީގެ ޖާނު ސަލާމަތް ކުރުމަށްޓަކާއި ރާއްޖެ ދޫކޮށް މެލޭޝިޔާއަށް އަމިއްލަފުޅަށް އަރުވާލެވިގެން އެތަކައް އަހަރު ދުވަހު ހުންނަވަން ޖެހުނެވެ.
އެހެނަސް އެމަނިކުފާނު ހިތްޕުޅުގައި ގައުމާއި ރައްޔިތުންގެ މައްޗަށް އުފެދިފައިވާ ލޯބީގެ ސަބަބުން ގައުމު އޮޔާދާ ތަން ބައްލަވަން ނުހުންނަވައި، ގައުމަށް މިނިވަންކަމާއި އަމާންކަން ގެނެސްދެއްވުމުގެ މަތިވެރި މަގުސަދުގައި އެމަނިކުފާނުގެ ވިޔާފާރި ގުރުބާންކޮށްލި ނަމަވެސް ދޫދެއްވާ ގޮތެއް ނުވެއެވެ. އަދި ގައުމުގައި އޭރު އޮތް އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވެވަޑައިގެން ރައްޔިތުންގެ ޙައްގުގައި ޖަލުގެ އަނިޔާވެސް އެމަނިކުފާނު ވަނީ ވޭންދެނިވި ގޮތެއްގައި ތަޙައްމަލު ކުރައްވާފައެވެ. މިއަދު ދެރަވަނީ އައްޑުއަތޮޅަށް ނިސްބަތްވާ ސިޔާސީ ބަތޮލު، އަޅުގަނޑުގެ ސިޔާސީ ޓްރަސްޓަޑް ޕާޓްނަރ ސަންދާނު އަޙަންމައިދީ ދުނިޔޭގައި ނެތުމުން ކަމަށް، ޒަކީ ވިދާޅުވިއެވެ.
2005 ފަސްވަނަ އަހަރު ޒަކީ ޖަލުން ދޫކޮށްލުމުން އަވަސްވެގަތީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއެކު ރާއްޖޭގައި މަލްޓި ޕާޓީ ސިޔާސީ ސިސްޓަމެއް އުފެއްދުމުގައި ބައިވެރިވެ، ހީވާގިކަމާއެކު މަސައްކަތްތަކެއް ކުރެއްވުމުގައެވެ.
ޒަކީއަކީ މަޝްހޫރު ސަންދާން އޮންލައިންގެ ބާނީ ވެސް މެއެވެ. އަދި ރައީސް ނަޝީދުގެ ޅިޔަނު ވެސް މެއެވެ.
ނަޒާކީ ޒަކީ އިސްކޮށް ހުންނަވައި އުފައްދަވާ ޕާޓީ ގުޅިވަޑައިގަތުމަށް ޑިމޮކްރަސީއާއި ޢަދުލުއިންސާފަށް ލޯބިކުރައްވާ އަދި ގައުމުގެ ގިނަ ރައްޔިތުން އެދޭ މިޞްރާބަށް ގައުމު ގެންގޮސް ދިނުމަށް ބޭނުންފުޅުވާ އެންމެހައި ފަރާތްތަކުގެ އެއްބާރު ލިބޭނޭކަމުގައި އުންމީދު ވަރަށް ބޮޑުކަމުގައި ޒަކީ ވިދާޅުވެފައިވެއެވެ.
އެމްސީޕީ އުފެއްދުމުގެ މޮޓޯ އަކީ ”މަގޭ ގައުމު – މަގޭ ނިންމުން“ މިއެވެ.
ޒަކީ އިތުރަށް ވިދާޅުވީ ޕާޓީގެ ޕޮލިސީއާއި ޕާޓީ ކުރިއަށް ގެންދާނޭ ގޮތް ކަނޑައަޅާނީ އެ ޕާޓީގެ ގާޑިއަން ކައުންސިލުން ކަމުގައެވެ. ގާޑިއަން ކައުންސިލްގެ އިސްވެރީންގެ ގޮތުގައި ގ.ކުރެބްޓްރީ ޢަލީ އަޙުމަދު އާއި ކެޕްޓަން ޢަލީ ރަޝީދު އާއި، އަޙުމަދު ޝަރީފްގެ އިތުރުން ކުޅުދުއްފުށީ ޢަބުދުއްރަޙްމާން އާއި އާދަމް ވަހީދު ފަދަ ދިވެހިންގެ އިޙުތިރާމް ލިބިފައިވާ ބޭފުޅުން ހިމެނިވަޑައިގަންނަވާނެއެވެ.
ޕާޓީ ރަޖިސްޓްރީ ކުރުމަށްޓަކައި ބޭނުންވާ ތިންހާސް މީހުންގެ ފޯމް ހުށަހެޅުމަށްޓަކާ ވަގުތީ ލީޑަރޝިޕުން މިހާރު ވަނީ މަސައްކަތް ފަށްޓަވާފައެވެ.
މި ޕާޓީގެ މެންބަރުން ވާންޖެހޭނީ ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކާއި އުނދަގޫތަކުން ރައްޔިތުން ދިފާޢުކުރަން އަޑުއުފުލަން ކެރޭ ގައުމީ ލޯތްބާއި ގައުމީ ޖޯޝުން ފުރިގެންވާ މެންބަރުންކަމުގައެވެ. އަދި އެއްވެސް ބޭރުގެ ގައުމެއް މިލިޓަރީ ދިވެހި ގައުމުގައި ފައިހިއްޕުވުމާއި ދެކޮޅު ހެދުމާއި، ދަރަނިބޯ ސިޔާސަތު ގައުމުން ނައްތާލުން ހިމެނެެއެވެ.
ރައްޔިތުންނަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކޮށްގެން ނުތިބޭ ކަހަލަ އަމިއްލަ ނަފުސުދެކެ ލޯބިވާ ފަދައިން އެހެން މީހުންދެކެ ވެސް ހަމަ އެބީދައިން ލޯބިވާ ހަމަޔާއި އިންސާފަށް ލޯބިކުރާ މެންބަރުން ތަކެއްތިބޭ ޖަމާޢަތަކަށް ވުމަކީ އެމްސީޕީގެ ސިޔާސަތެވެ.
“ ކެރި ފިސާރި ޖޯޝުގާ ޕާޓީ ހިންގާލަމާ
މަރުޙަބާ މަރުޙަބާކީ ރައްޔިތުނަށް މަރުޙަބާ“
ނަޒާކީ ޒަކީ ޕީޕީއެމުން ވަކިވެ ވަޑައިގެންފި – Sandhaanu
4 Responses
ގައުމާ ރައްޔިތުން ގެހައްގުގައި ކުރަން ޖެހުނު ކޮންމެކަމެއް ކުރައްވަނީ ރައްޔިތުންނާއި ގައުމައްއޮއިލޯއްބެއްގެބޮޑުކަމުން ކަން ޔަގީން ރާއްޖޭގެ ސިޔާސީ ދާއިރާގައި އެނބުރޭ ހުރިހާ ބޭފުޅުންނަކީވެސް ގައުމައްވަފާދާރު ބަޔެއް ތަފާތަކީ ނަމުން މިނިކާވަގު ނުކިޔާ ކަން ބޮނީ ރައްޔަތުންގެލޭ
ނުވާނެ ތި ކަމެއް. އެއްކަމެއްވެސް ރަނގަޅަށް ކުރެވޭ މީހެއް ނޫން! ބޮޑުލާރީގައި ހުނިޖަހައިގެން ޕާޓީއެއް ނުއުފެއްދޭނެ.
ސައީދު އަށް ދިވެހީން ދަހެއްނުވި. ދިވެހީންގެ މެޖޯރިޓީއަކީ ފައިސާ އަށް ދައުލަތް ލޭކޮށާލައިފާ އެ އޮންނަ ސަރުކާރަކުން ބޭނުންނުވާ މަގާތަށް ދީގެން ހެއްލިގެން ގައުމު ވިއްކާ މީހުނެއްނޫނެވެ. ތި ސައީދު ގޮތެއް އަހަންނަކަށް ނޭނގެއެވެ. މިބުނީ ސަޢީދު ގެ ތި ތިއެރީ އެެއީ ތެދެއްނަމަ ކިހިނެއް 1008، 1013، 2018 އަދި 2023 ގައި ސަރުކާރު ބަދަލުވީ. ގައިމު ތިބުނާގޮތުންނަމަ ސަރުކާރު ހިންގާ މީހުން އަތު ހުރިހާ ބާރެއް އަދި އަދީބުފަދަ މީހުން ބޭނުން ކޮށްގެން ދައުލަތުން ވައްކަންކޮށް ފައިސާގަޑު އޮންނާނެ ނޫންހެއްޔެވެ. ކީއްވެ ސަރުކާރު ބަދަލުވީ.
ކީއްވެ ދެފަހަރު އެމްޑީޕީ އަށް ވެރިކަން ލިބި އިންޑިޔާގެ އޯޕަން ބަޖެޓް އޮވެމެ ބަލިވީ؟
ޒަކީ އާއި ޒާތީކަމެއް ނެތްނަމަ ކަލެއްއަށް އެގެން ޖެހޭ ނަޒާކީ ޒަކީ ގެ މިޒާޖާއި ގުރުބާނީ. ސަރުކާރު ތަކުން ބޮޑެތި މަގާމު ލިބިދިނަސް ސަރުކާރު ތަކަށް ވައްކަން ކޮށްދޭކަށެއް އޭނާ ނުހުންނަކަށް. އޭނާ ގެ ޢަމަލު ހުންނާނީ ކުރީގެ ރައީސް އިބޫ ސޯލިޙް ބޭނުންވާގޮތައް : “ ކަރަޕްޝަނަށް ޒީރޯ ޓޮލެރެންސް“. ދެރައީ އިބޫ އެގޮތަށް ގަބޫލުކޮށް ބުނެފާ އެޕްލައި ނުކުރިކަމެވެ.
ދެން އަލުން އެހެން ކޮމެންޓެއް ލިޔެލެއްވީމާ ޖަވާބު އަރުވާނެމެވެ. ޝުކުރިއްޔާ!
ކާމިޔާބީއަށް އެދި ދުއާ ކުރަން