ދެން އަންނަ އަހަރުގެ ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ކާޑުގެ ބާވަތްތަކުގެ ބަދަލުގައި މަސްދަޅުކޭހެއް ހަދިޔާކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެގޮތުން ރައީސް މިހެން ވިދާޅުވީ ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ“ކުރިއަށް އޮތް ރަމަޟާން މަހަށް ކާޑުގެ ބަދަލުގައި ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ހިލޭ ދޭން،“ނިންމާފައިވާ ކަމަށެވެ. އަދި އެކަން އެސްޓީއޯގެ އެމްޑީއަށް އަންގާފައި ވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ކުރީ ސަރުކާރުތަކުން ނުކުރާކަން ކަމަށް ފާހަގަކޮށް މި އަހަރުގެ ރޯދަމަހަށް ހާއްސަ ކޮށްގެން ކަރަންޓާއި ފެން ބިލުން ޑިސްކައުންޓެއް ދީފައިވާ ކަން ހާމަކޮށްފައެވެ. އެގޮތުން 142 މިލިއަން ރުފިޔާގެ ޑިސްކައުންޓު ރައްޔިތުންނަށް ދީފައި ވާނެ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ހަމައެހެންމެ 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ވެސް ސަރުކާރުން މިދިޔަ ރޯދަމަހާ ދިމާކޮށް ބަހާފައިވާ ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
2 Responses
meege kurnves muizze masdhalhu dheegeneh noo kaneekee mulhi gaumuga dhogaa makarun me ee aharumenah jehifavaa musheebaatheh
ކިހާވަރެއްގެ މަސްކޭހެއްބަ