ހުޅުމާލެ، އޯކިޑުމާ ހިނގުމުގައި ކާރެއްގެ ތެރޭގައި މީހަކު ރަހީނުކުރި ކަމަށް ބުނެ މިދިޔަ އަންގާރަ ދުވަހު ހައްޔަރުކުރި މީހުންގެ އާއިލާތަކުން ފުލުހުންނަށް ތުހުމަތުތަކެއް ކުރާތީ އެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
މި މައްސަލައިގައި މީހަކު ރަހީނުކުރި ކަމަށް ބުނެ ހައްޔަރުކުރި މީހުންގެ އާއިލާގެ މީހަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މީހަކު ރަހީނުކުރި ކަމަށް ބުނެ ފުލުހުން ކުރަނީ ދޮގު ތުހުމަތެއް ކަމަށެވެ. ”ހަމަޔަގީނުންވެސް ކާރެއްގެ ތެރޭ މީހަކު ރަހީނުކުރިކަމަށް ބުނެ ހަބަރު ފަތުރާފަ އެވަނީ ވަރަށް ގޯސްކޮން ކަން ފާހަގަ ކުރަން. އެހެން ހަބަރު ތަކުގެ ވާހަކަތައް މާރަނގަޅަކަށް ނޭގެ. ނަމަވެސް މިތާ މި ފާހަގަ ކޮއްލި ހެޑްލައިންގެ ދަށުގައި އެވާ މީހުންނަކީ މީހަކު ރަހީނު ކުރިބައެއްނޫން“ އޭނާގެ ޕޯސްޓުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އޭނާގެ ޕޯސްޓުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ތިން މީހަކަށް އިޝާރާތްކޮށް ބުނީ ”ޠަލާލްމޫސާ،އާދަމް ޝަރީފު އަދި ހުސާމް އިބުރާހިމް އުޅުނީ އަހަރުމެންގެ ހައްގެއް ހޯދުމަށް“ ކަމަށެވެ. އެ މީހުން އުޅުނީ މީހަކަށް އަނިޔާކޮށް ރަހީނުކޮށް އެމީހާގެ ހައްގަކަށް އަރައި ގަންނާކަށްނޫން ކަމަށާއި އެމީހުންނަކީ އަމިއްލަ މަސައްކަތުން އަނބިދަރިން ގޮވައިގެން އުޅެމުން އަންނަ ބައެއް ކަމަށް އާއިލާގެ ފަރާތުން ސޯޝަލް މީޑިއާގައި ޕޯސްޓު ކުރި ފަރާތުން ބުނެފައި ވެއެވެ. މި މައްސަލައިގައި ދެން ހައްޔަރު ކުރި ދެ މީހުންނަކީ ކަމާ ނުބެހޭ ދެމީހަކު ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންނަކީ ދިރިއުޅެމުން އައި އެޕާޓްމަންޓުން ނިކުންނަން ޖެހިފައިވުމުން އުޅޭނެ ތަނެއް ކުއްޔަށް ހޯދަމުން ދިޔަ ބައެއް ކަމަށާއި އެ މީހުން ދަންނަ މީހެއް މެދުވެރިކޮށް އޭނާގެ އެކުވެރިއެއްގެ އެޕާޓްމެންޓެއް ކުއްޔަށް ނަގަން އެޑްވާންސަށްވާ 24،000 ރުފިޔާ ދެއްކުމުން އެޕާޓްމެންޓު ނުދީ ހިފެހެއްޓި ކަމަށްވެސް އާއިލާގެ ފަރާތުން ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ. އެގޮތުން ދިހަ ދުވަސް ފާއިތުވެދިއުމުން އެ ލާރި އަނބުރާ ހޯދަން އެދުމުން ފައިސާ ބަލާ އަންނަ ބުނުމަށްފަހު ފައިސާ ބަލާ ޝަރީފާއި ހުޝާމް އަދި ތޮލާލު ދިއުމުން ފުލުހުން އެ ސަރަހައްދަށް ގެންގޮސް އެ 3 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އާއިލާއިން ބުނެފައި ވެއެވެ. އަދި އެ ތިން މީހުން ހައްޔަރު ކޮށްފައި ވަނީ ސުވާލެއް ވެސް ކުރުމެއް ނެތި ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
އާއިލާގެ މި ތުހުމަތުތައް ފެންމަތިވުމާއެކު ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ މި މައްސަލަ ބަލަމުންނެވެ.
One Response
ކަމުން ރެކެން ވެގެން ވަރަށްވެސްގިނަ ބަހަނާ ަށްކާނެގިނެ އެވަގުތު ހުދު ފޮތި ކޮޅެއްހާ ސާ ފްވާނެ
މިއީ ދުނިޔޭގެ އާދަ