އިންޓަރނެޓްގެ ވަސީލަތްތައް ރަޝިޔާއަށް ބްލޮކް ކޮށްލުމުގެ ސަބަބުން  ގޫގުލް ޖުރިމަނާކޮށްފި

Loading

Facebook
Twitter
WhatsApp

ސަންދާނުގެ ކިއުންތެރިންނަށް އަޅުގަނޑު މިގެނެސްދެނީ މިދިޔަ ހުކުރު ދުވަހު ވައިޓްހައުސް އިން ލައިވްކޮށް އިންޑިއާގެ ވިންޓޭޖް ޗެނަލުން ފޮނުވާފައިވާ ޚަބަރެކެވެ. 

އިންޓަރނެޓްގެ ވަސީލަތްތައް އިންސާނުންގެ ދިރިއުޅުމާ މިއަދު ގުޅި ލާމެހިފައިވަނީ އެއާނުލައި އިންސާނުންގެ ދިރިއުޅުމުގެ އެންމެ އާދައިގެ ބޭނުންތައްވެސް ފުރިހަމަ ނުކުރެވޭނެ މިންވަރަކަށެވެ. އެހެންނަމަވެސް މިއަދު އެ މުހިންމެ ވަސީލަތްވެސް މިއޮތީ ހުޅަނގުން ޚާއްސަކޮށް އެމެރިކާއިން ދިން އެތިކޮޅެއް ނުނީ ބޭނުން ނުކުރެވޭވަރަށް އަމިއްލަ ކޮށްލާފައެވެ. 

ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމާއި ގުޅިގެން ޔޫޓިއުބުން ވަނީ ރަޝިޔާގެ ޕްރޮގްރާމްތައް ސެންސަރު ކުރަން ފަށާފައެވެ. ސަބަބު ބަޔާން ކުރާކަށް ޔޫޓިއުބުން ބޭނުމެއް ނުވެއެވެ. ޔޫޓިއުބަކީ އަހަރެމެން ފޯރުކޮށްދޭ ވަސީލަތެކެވެ. އެ ވަސީލަތް ފޯރުކޮށްދެވޭނީ އަހަރެމެން ބޭނުންވާ ބަޔަކަށޭ ބުނާކަހަލައެވެ. އިންޓަރނެޓްގެ ވަސީލަތްތަކަކީ އެއްބަސް ވުމެއްގެ ދަށުން ފޯރުކޮށްދެވޭ ޚިދުމަތަކަށް ވިޔަސް އެމެރިކާއިން ބޭނުންވީމާ .އެއްބަސްވުމަކީ ބަލަންޖެހޭ އެއްޗަކަށް ނުވެއެވެ. ގޫގުލް އަށް ކުރެވޭނެ ނަމަ މިހާރު އޮންނާނީ މިލްކީވޭތައްވެސް އިސްތިއުމާރު ކޮށްފައެވެ 

ކޮންމެއަކަސް ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމުގެ ސަބަބުން ޔޫޓިއުބުން ރަޝިޔާގެ  އެއްހާސް ޗެނަލް ބްލޮކް ކޮށްލައިފިއެވެ. ރަޝިޔާގެ 5.5 މިލިއަން ވީޑިއޯ ޔޫޓިއުބުން ބޭރުކޮށްލިއެވެ. ރަޝިޔާގެ އެތައް ޓީ ވީ ޗެނަލަކަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރިއެވެ. ބޭރުގެ ދުނިޔެއާ މުއާމަލާތު ކުރެވޭނެ މަގުތައް ބަންދު ވެއްޖެއެވެ. މިއީ ބައިނަލް އަގްވާމީ އެއްބަސް ވުންތަކުގެ ދަށުން ދޭންޖެހޭ ވަސީލަތެއް ދިނުން އެމެރިކާގެ ބާރުގައި ހުއްޓާލުމުން ރަޝިޔާއިން ކުރިމަތިލާން ޖެހުނު މުސީބާތެވެ. އެހެން ގައުމަކަށް ކުރިމަތިލާން ޖެހޭނެ ހާލަތު ހިތަށް ގެނައުންވެސް ފަސޭހައެއް ނުވާނެއެވެ. 

ގޫގުލްސްގެ މި އަމަލުން ބައިނަލް އަގްވާމީ ދުނިޔެއަށް ދަސްކޮށް ދިން ފިލާވަޅަކީ އެއްވެސް ކަމެއްގައި ވަކި ގައުމަކަށް މުޅި ލަގަން ދޫކޮށްލުމުގެ ނުރައްކަލެވެ.

ރަޝިޔާއިން މިހާތަނަށްވެސް ގޫގުލްސް މަނާ ނުކުރެއެވެ. އެހެންވީމާ ބައިނަލް އަގްވާމީ ގާނޫނުތަކުގެ ދަށުން ރަޝިޔާއާ ދޭތެރޭ އެގޮތަށް އަމަލެއް ނުކުރެވޭނެއެވެ. އެކަމަކު އެމެރިކާއިން ކުރީމާ އިންސާފު ހޯދަން ދާނީ ކޮންގައުމަކަށް ހެއްޔެވެ ؟

2022 ވަނަ އަހަރު ރަޝިޔާއިން ރޫޓިއުބް ތަޢާރުފް ކުރިއެވެ. ކުރީކޮޅުގައި ވަރަށްގިނަ ބަޔަކު ރޫޓިއުބް ބޭނުންކުރަންވެސް ފެށިއެވެ. އެހެންނަމަވެސް ހުޅަނގުގެ ގައުމުތަކުގެ ބާރުގައި ޕްލޭސްޓޯރުން ރޫޓިއުބް ބޭރުކޮށްލިއެވެ. އަދި އެޕަލް ސްޓޯރުންވެސް ބޭރުކޮށްލީއެވެ. ސޯޝަލް މީޑިއާ އާއި އިންސްޓަގްރާމާއި އެކްސް އަދި ވަޓްސްއެޕް ބޭނުންކުރެވޭނެ ގޮތެއްވެސް ނެތުނީއެވެ.

ނެޓްފްލިކްސް އާއި މައިކްރޯސޮފްޓް ވާރޑް އެމޭޒޯން ޕްރައިމްއާއި ޖީ-މެއިލް ބޭނުންކުރުމުގެ މަގު ބަންދުކޮށްލީއެވެ. މި ވަސީލަތްތަކާނުލައި ރޫޓިއުބުގެ ބޭނުން ނެތިގެން ދިޔައީއެވެ. ނަތީޖާއަކަށްވީ ރޫޓިއުބްގެ ކުރިމަގު ބަންދުވުމެވެ. އެމެރިކާއިން އެ ގައުމުގެ ބާރު އޮތްވަރު ދައްކާލީއެވެ. 

މީގައި ފާހަގަކުރެވޭ އެންމެ މުހިންމު ނުކުތާއަކީ ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތީމާ ރަޝިޔާއަށް އަދަބު ދިނީއެވެ. އެކަމަކު އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލައި އިމާރާތްތައް ބިމުގެ ވެއްޔަށް ހަދާލަމުން ގެންދާއިރު އެމެރިކާ ކޯފާއެއް ނުވެއެވެ. އަދި އަދަބެއްވެސް ނުދެއެވެ.

އިންޓަރނެޓްގެ ވަސީލަތްތަކަށް އަމިއްލަ ޕްލޭޓްފޯމެއް ކަށަވަރު ނުކުރެވޭ ކޮންމެ ގައުމެއް އެމެރިކާގެ ނުރުހުމާ ކުރިމަތިލާން ޖެހޭ ހިނދު ކުރިމަތިލާން ޖެހޭނީ ހަމަ މި ނަތީޖާއެވެ. 

ޓްވިޓަރުން އިންޑިއާގެ ބައެއް ކޮންޓެކްސްޓްތަކަށް ހިތްހަމަނުޖެހުމުން ޓްވިޓަރުން 2021 ގައި އިންޑިއާ ބޮޑުތަޅު އަޅުވާލިއެވެ. ބަދަލުގައި އިންޑިއާގެ އެޕް “ ކޫ “ ތައާރުފް ކުރިއެވެ. ދުރުރާސްތާއަށް ވިސްނުމަކާ ނުލައެވެ. ގޫގުލްގެ ޚިދުމަތް ނުލިބޭތީ ބައިވެރިވާނެ މީހުނެއް ނުވިއެވެ. 

ޗައިނާއިން  “ ޔޫކޫ “ ތައާރުފް ކުރިއެވެ. ޗައިނާގެ އެތެރޭގެ ބޭނުންތަކަށް ވަރަށްބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ. އެކަމަކު އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައި ހުރި އެޕަލް އާއި މައިކްރޯސޮފްޓާ ފަދަ ވަސީލަތްތަކާ ނުލައި ފުރިހަމަ މާނައިގާ ބައިނަލް އަގްވާމީ ކަނޑަށް ނިކުމެވޭނެ ގޮތެއް ނުވިއެވެ.

އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ބާރު ނުފޯރުވެނީ ހަމައެކަނި ޓިކްޓޮކް އަށެވެ. ޗައިނާގެ ޓެކްނޯލޮޖީގައި ޓިކްޓޮކް ތަޢާރުފް ކުރެވިފައިވަނީ ރަނގަޅު ދުރުރާސްތާ ޕްލޭނެއްގެ ދަށުންނެވެ. އަދި ޓިކްޓޮކް ތަޢާރުފް ކުރެވިފައިވަނީ ޔޫޓިއުބާއި އިންސްޓަގްރާމަށްވުރެން ކުރީގައެވެ. މި ސަބަބަށްޓަކައި ޓިކްޓޮކްގައި ހުޅަނގުން އަތްލެވޭގޮތް ވަނީ ނުވެފައެވެ. ޓިކްޓޮކް ފުނޑާލަން ހުޅަނގުގެ ގައުމުތަކަށް ވަރަށް މަސައްކަތްކުރިއެވެ.

ދިރާސާތަކުން އެނގިފައިވާގޮތުގައި ޔޫޓިއުބުން މިނިޓަކު 300 ގަޑިއިރުގެ ވީޑިއޯ އަޕްލޯޑްކުރެއެވެ.

ހުޅަނގުގެ ކޮންޓްރޯލްގައި ހުރި އިންޓަރނެޓްގެ ވަސީލަތްތައް ރަޝިޔާއަށް ދިނުން ހުއްޓާލުމުގެ ސަބަބުން ލިބުނު ގެއްލުމާގުޅިގެން ބަދަލު ހޯދުމަށްޓަކައި ރަޝިޔާގެ 17 ޓީ ވީ ސްޓޭޝަނަކުން ކޯޓަށް މައްސަލަ ހުށައެޅިއެވެ. އެ މައްސަލައިގެ ހުކުމް ގައި ގޫގުލްސްއިން ބަދަލު ދިނުމަށްވަނީ ހުކުމްކޮށްފައެވެ. އެ ބަދަލު ދިނުމުގެ މިންވަރަކީ މިހާތަނަށް ދުނިޔޭގެ ޝަރުއީ ކޯޓަކުން ހުކުމް ކޮށްފައިވާ އެންމެ ބޮޑު ބަދަލު ދިނުމެވެ. އެއީ މިވަގުތު ދުނިޔޭގެ ހުރިހާގައުމެއްގެ ޖީ ޑީ ޕީ ގެ ޖުމުލަ އަދަދުގެ އެތައް ގުނައެއް އިތުރު ޖުރިމަނާއެކެވެ. އަޅުގަނޑަށް އެ އަދަދު ދިވެހި ބަހުން ބުނެދޭކަށް ނޭގެއެވެ. ހިސާބު އަކުރުން ލިޔާނަމަ 20،000،000،000،000،000،000،000،000،000،000،000،0 އެމެރިކާ  ޑޮލަރެވެ. 

ރަޝިޔާގެ ރައީސް ވިދާޅުވެފައިވަނީ ގޫގުލްސް އިން އެ ފައިސާ ރަޝިޔާއަށް ދައްކާނެގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް